އަންޗެލޮއްޓީގެ ބަދަލުގައި ރެއާލްގެ ކޯޗުގެ މަޤާމަށް އަންނާނެ ކަމަށް ބެލެވޭ އަލޮންސޯއަށް  އަންޗެލޮއްޓީގެ ތައުރީފް
ރެއާލްގެ މިހާރުގެ ކޯޗު އަންޗެލޮއްޓީ އަދި ރެއާލް އާ ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޒަބީ އޮލޮންސޯ. ފޮޓޯ: ޑެއިލީ މެއިލް

އަންޗެލޮއްޓީގެ ބަދަލުގައި ރެއާލްގެ ކޯޗުގެ މަޤާމަށް އަންނާނެ ކަމަށް ބެލެވޭ އަލޮންސޯއަށް އަންޗެލޮއްޓީގެ ތައުރީފް

6 hours ago - 20:48
May 10, 2025 - 22:53

ރެއާލްގެ ކޯޗު ކާލޯ އަންޗޮލެއްޓީ ގެ ބަދަލުގައި އެޓީމުގެ ކޯޗުކަމާ ހަވާލުވާނެކަމަށް އެންމެ ބޮޑަށް. ބެލެވޭ ބެލެވޭ ޒަބީ އޮލޮންސޯ, ބަޔާން ލެވަކޫސަން އާއެކު ހޯދި ކާމިޔާބީތަކަށް އަންޗެލޮއްޓީ ތައުރީފްކޮށް ވާހަކަ ދައްކައިފިއެވެ. އަންޗެލޮއްޓީ ވަނީ އޮލޮންސޯ އަށް "ހުރިހާ ދޮރެއް ހުޅުވިފައިވާކަމަށް" ބުނެފައެވެ.

"އަހަރެން ދެކުނިން އޭނާ (އޮލޮންސޯ) ލެވަކޫސަން ދޫކޮށްދާކަން އިއުލާންކުރި ކުރުން. އަހަރެން އެ ހަބަރު ކީން. އޭނާ ލެވަކޫސަން އާއެކު ވަރަށް ރަނގަޅަށް އޭނާގެ ވަޒީފާ އަދާކުރި. އޭނާއަށް ހުރީ ހުރިހާ ދޮރެއް ހުޅުވިފަ. ސަބަބަކީ އޭނާ ސާބިތުކޮށްދީފި އޭނާއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކޯޗުކަން" ހޮނިހިރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަންޗޮލެއްޓީ ބުންޏެވެ.

ތިން އަހަރުވަންދެން ލެވަކޫސަން އަށް ކޯޗުކޮށްދިނުމަށްފަހު ހުކުރު ދުވަހު އޮލޮންސޯ ވަނީ މި ސީޒަން ނިމުމާއެކު އޭނާ ލެވަކޫސަން ދޫކޮށްލާނެކަން އިއުލާންކޮށްފައެވެ. މަސްދަރުތައް ބުނާގޮތުން އަންޗޮލެއްޓީގެ ބަދަލުގައި ރެއާލްގެ ކޯޗު ކަމާ ހަވާލުވާނެކަމަށް 'އެންމެ ބޮޑަށް' ބެލެވެނީ އޮލޮންސޯއެވެ.

ލަލީގާގައި އެންމެ ފަހުން ރެއާލް ކުޅޭ މެޗަށްފަހު އަންޗޮލެއްޓީވެސް ވަނީ ރެއާލް ދޫކޮށްލާނެކަމަށް ވަނީ ބެލެވިފައެވެ. ލަލީގާގައި ރެއާލްގެ ފަހު މެޗު އޮންނާނީ މިމަހު 25 ވަނަ ދުވަހު ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށެވެ.އާދިއްތަ ދުވަހު ކްލެސިކޯގައި ރެއާލް އާއި ބާސެލޯނާ ބައްދަލު ކުރާ މެޗު ރެއާލް ކާމިޔާބުކޮށްފިނަމް ރެއާލަށް އަދިވެސް ލީގު ހޯދުމުގެ ފުރުޞަތު އެބައޮތެވެ.  

Advertisement
Advertisement

ރެއާލްގެ ކުރީގެ މިޑްފޯލްޑަރު, 43 އަހަރުގެ އޮލޮންސޯއަކީ މާކުރިއްސުރެއްވެސް ރެއާލްގައި އަންޗެލޮއްޓީ އަދާކުުރަމުން އައި މަޤާމް ހޯދާނެ ފަރާތްކަމަށް މާކުރިިިއްސުރެވެސް ވަނީ ބެލެވިފައިއެވެ. ލެވަލޫސަން އާ ހަވާލުވިއިރު ރެލިގޭޓް ވުމާ ގާތުގައި އޮތް ކްލަބް ކޮޅަށްޖަހާ, އޭނާވަނީ 2024 ވަނަ އަހަރު ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ލެވަކޫސަން އާއެކު ހޯދާފައެވެ.

މެޑްރިޑްގެ ތާރީޚްގައިވެސް އެންމެގިނަ ތަށި ހޯދި އަދި ރެއާލްގެ އެންމެ ކާމިޔާބު ކޯޗަކީ އަންޗެލޮއްޓީއެވެ. ނަމަވެސް މި ސީޒަނުގައި ކްލަބުން ހޯދި ދަށް ނަތީޖާތަކާއކު ޗެމްޕިއަންސް ލީގުންވެސް ކަޓާ, އަންޗެލޮއްޓީއަށް ވަނީ ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައެވެ. 

އާދިއްތަ ދުވަހު ބާސެލޯނާ އާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ ރެއާލަށް ތާވަލްގެ ކުރީގައި އޮތް ބާސެލޯނާ އާ އަރާ ހަމަކުރަން ދެން ބޭނުންވާނީ އެންމެ ޕޮއިންޓެކެވެ. ލީގުގައި ކޮންމެ ޓީމަކަށްވެސް އަދި ތިން މެޗު ބާކީ އެބައޮތެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow