
ދެ މަހުގެ ކަރަންޓް ބިލް އެއްވަރުވީ ދެމަހުވެސް ޑިސްކައުންޓް ދިނުމުން- ސްޓެލްކޯ
މިދިޔަ ދެ މަހުގެ ކަރަންޓް ބިލް އެއްވަރުވީ ދެމަހުވެސް ޑިސްކައުންޓް ދިނުމުން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. އެކުންފުނިން މިއަދު ނޫސްބަޔާނެއް ނެރެ އެކަން ސާފްކޮށްދިނީ ބައެއް ގޭބީސީތަކުގެ ބިލްގެ އަދަދު އެއްވަރުވެ, އެކަމާ ސުވާލުއުފައްދަމުން ދާތީއެވެ.
ސްޓެލްކޯއިން ބުނީ މިއަހަރުގެ މާރިޗު މަހުގެ (ރަމަޟާން މަހުގެ) ކަރަންޓުބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އެޕްރީލް މަހުގެ ކަރަންޓުބިލަށްވެސް ޑިސްކައުންޓު ދީފައިވާނެ ކަމަށެވެ. މާރިޗު މަހުގެ (ރަމަޟާން މަހުގެ) ދުވަސްތައް ނިމުމަށްފަހު، އޭޕްރީލްމަހުގެ ބިލްތަކުންވެސް މިއަހަރު ޑިސްކައުންޓެއް ދިނީ އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން ޢާއްމުކޮށް ކަރަންޓުބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރީލް މަހުވެސް ދިނުމަށްކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯން ބުނީ އޭޕްރީލްމަހުގެ ކަރަންޓުބިލު ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ "ކަރަންޓު ބޭނުންކުރެވުނު ވަރު" އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލްތަކުގައި ބިލް އަމައުންޓު (ފައިސާގެ އަދަދު) މާރިޗު މަހުގެ (ރަމަޟާން މަހު) ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ ލުއި ދިނުމުން ސަބަބުން ކަމަށެވެ.
ކަރަންޓް ބިލަކީ އެންމެ ގިނައިން ޢާއްމުން ކަންބޮޑުވުން ފާޅުކޮށް, ޝަކުވާ ކުރާ ބިލެވެ.
ރިއެކްޝަންސް






