ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި އަޅަނީ

ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި އަޅަނީ

2 hours ago - 13:45
Advertisement
Advertisement

ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން އެންމެ ގިނައީ މާލެ ސަރަހައްދުގައި ކަމަށްވާތީ، ސަރުކާރުގެ މެންޓަލް ހެލްތު ހޮސްޕިޓަލް ހުޅުމާލޭގައި އިމާރާތްކުރަން ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މެންޓަލް ހެލްތު ހޮސްޕިޓަލް އެޅުމަށް ހުޅުމާލެއިން 10,000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިފަދަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި އެޅުމަށް ނިންމީ ނަފްސާނީ ބަލިތަކަށް ބޭނުންވާ ގިނަ ވަސީލަތްތަކާއި ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް މާލެ ސަރަހައްދުގައި ގާއިމުވެފައި ހުރުމުންނެވެ.


މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ތިން އަހަރުގެ ތެރޭގައި 70,000 އަށްވުރެ ގިނަ މީހުން ނަފްސާނީ ބަލީގެ އެކި ކަންކަމުގައި ކޮންސަލްޓޭޝަން ހޯދާފައިވެއެވެ. މީގެ ތެރެއިން 45,000 މީހުންނަކީ މާލެ ސަރަހައްދުން ފަރުވާ ހޯދި މީހުންނެވެ.


"މި ފަރުވާ ދިނުމަށް އެކި ފަންނުތަކުގެ މީހުން އެއްތަނެއްގައި ތިބެންޖެހޭ. ވަކި ހޮސްޕިޓަލެއް ހުރުމުގެ މުހިންމުކަމަކީ އެއީ،" މިނިސްޓަރު ވިދާޅުވިއެވެ.


މި ހޮސްޕިޓަލުގެ މަސައްކަތް ފެށޭނެ ތާރީޚަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތްތައް ކަމަށާއި، މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.


ކުރިން މި ހޮސްޕިޓަލް ލ. ގަމުގައި އެޅުމަށް ނިންމާފައި އޮތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުންގެ ބޮޑު އިންސައްތައަކީ މާލެ ސަރަހައްދުގައި އުޅޭ މީހުން ކަމަށްވާތީ، މި ސަރަހައްދުގައި ހޮސްޕިޓަލް އެޅުމަށް ނިންމަވާފައެވެ. މި މަސައްކަތަށް ބޭނުންވާ ފަންޑު މިހާރު ވަނީ ބަޖެޓުގެ ތެރެއިން ހަމަޖައްސާފައެވެ. މި ހޮސްޕިޓަލް ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު ނަފްސާނީ ބަލިތަކަށް ފުރިހަމަ ފަރުވާ ދެވޭނެ ނިޒާމެއް ގާއިމުވެފައިވާ ހޮސްޕިޓަލަކަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement