ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

1 hour ago - 13:37
Advertisement
Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ ދިވެއްސަކު ހޯދައި ހައްޔަރުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.


ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާ (އިންޓަޕޯލް) މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ، ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ.


ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ޖިންސީ ގޯނާގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، އިޒްޔާން ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އޭނާ ފުރައިގެން ދިޔަ ފަހުން މިހާތަނަށް އުޅޭ ވަކި ތަނެއް އެނގިފައި ނުވާތީ، އޭނާ ހޯދުމަށް ބައިނަލްއަގުވާމީ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ.


އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް ހޯދައި، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހިކުރުމަށެވެ. މިއީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ހޯދާ ފަރާތްތަކުގެ މައުލޫމާތު ބައިނަލްއަގުވާމީ ފެންވަރުގައި އާންމުކުރުމަށް ނެރޭ ނޯޓިސްއެކެވެ. މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement