ޖުޑިޝަރީއަކަށްވެސް މިނިވަން މުއައްސަސާއަކަށްވެސް ނުފޫޒެއް ނުފޯރުވަން- ރައީސް
ރައީސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ޖުޑިޝަރީއަކަށްވެސް މިނިވަން މުއައްސަސާއަކަށްވެސް ނުފޫޒެއް ނުފޯރުވަން- ރައީސް

2 months ago - 19:47
May 3, 2025 - 19:47
Advertisement
Advertisement

ޖުޑިޝަރީއަކަށްވެސް މިނިވަން މުއައްސަސާއަކަށްވެސް ނުފޫޒެއް ނުފޯރުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު 8 ގަޑިއިރަށް ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޖުޑީޝަރީއަށް ނުފޫޒު ނުފޯރުއްވާ ކަމަށާއި, ނުވެސް ފޯރުއްވާނެ ކަމަށެވެ. ގާޒީއަކަށް އަދި ފަނޑިޔާރަކަށްވެސް އެމަނިކުފާނު ނުފޫޒު ފޯރުވިކަމަށް ނުދެންނެވޭނެ ކަމަށް ވިދާޅުވިއެވެ. ކޯޓްތަކުގެ މައްސަލަ ތާވަލް ކުރުމާއި, ހުކުމް ކުރުމަކީ އެމަނިކުފާނު ބައްލަވާ ކަންކަން ނޫން ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

ރައީސް ވިދާޅުވީ ސްޕްރީމް ކޯޓްގެ ތިން ފަނދިޔާރަކު ސަސްޕެންޑް ކުރި ވަގުތާއި, ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެމްބަރު ބަދަލުވުމަކީ ވެސް އިއްތިފާގެއް ކަމަށެވެ. އެކަމަކު މިދިޔަ ސަރުކާރުތަކުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުން އައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ވިދާޅުވީ އެކަން ހުއްޓުނީ މިސަރުކާރު ހަވާލުވުމާ ހަމައިން ކަމަށެވެ.

" އަޅުގަނޑެއް ނުފޯރުވަން ޖުޑީޝަރީއަކަށް ނުފޫޒެއް. ނުވެސް ފޯރުވާނަން" ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަނުކުރަނީ އެމަނިކުފާނުގެ މައްޗަށް ޤާނޫނު ލާޒިމުކުރާތީ ކަމަށެވެ. އައްޔަނުކޮށްފައިވެސް އެއިން ކޮންމެ ބޭފުޅަކަށް ދަންނަވަނީ ޤާނޫނާ އެއްގޮތަށް ޒިންމާ އަދާކުރުމަށް ކަމަށް ވިދާޅުވިއެވެ. މިނިވަން އެއްވެސް މުއައްސަސާއަކަށްވެސް ނުފޫޒު ނުފޯރުއްވާނެ ކަމުގެ ޔަގީންކަން މިއަދުވެސް ދެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement