ވައުދުތައް ހަނދާން އެބަހުރި, ފުއްދެވުމުގެ ކަންކަން ކުރަނީ ނިޒާމެއްގެ ތެރެއިން- ރައީސް
ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ވައުދުތައް ހަނދާން އެބަހުރި, ފުއްދެވުމުގެ ކަންކަން ކުރަނީ ނިޒާމެއްގެ ތެރެއިން- ރައީސް

14 hours ago - 19:58
May 3, 2025 - 19:58
Advertisement
Advertisement

ވެވަޑައިގެންނެވި ވައުދުތައް ހަނދުމަފުޅު އެބަހުރި ކަމަށާއި, އެ ވައުދުތައް ފުއްދެވުމުގެ ކަންކަން ކުރައްވަނީ ނިޒާމެއްގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައުދުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނީ ޖަޒްބާތުގައި ކަންކަން ނިންމަވާ މީހެއް ނޫން ކަމަށެވެ. އަދި ކަންކަން ކުރައްވަނީ އަޖުމަ ބަލަންވެސް ނޫން ކަމަށް ވިދާޅުވިއެވެ. ވައުދުތައް ހަނދުމަފުޅު ހުރިކަމަށް ވިދާޅުވެ, އެވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

" އަޅުގަނޑަކީ އަޖުމަ ބަލަން ކަންކަން ކުރާ މީހެއްވެސް ނޫން. އަޅުގަނޑު ވެފައިހުރި ވަޢުދުތައް ހަނދާން އެބަހުރި. އެ ވަޢުދުތައް ފުއްދުމަށްޓަކައި ނިޒާމެއްގެ ތެރެއިން މަސައްކަތްތައް މި ކުރަނީ" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި, މިދެއަހަރު ނިންމަވާނެ ކމަޝްރޫއުތަކުގެ ތަފްސީލްތައްވެސް މިއަދު ރައީސް ނޫސްވެރިންނާ ހިއްސާކުރެއްވިއެވެ. އެގޮތުން މިއަހަރާއި އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް 2130 މަޝްރޫއެއް އެކި މަރުހަލާގައި ހުރިކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ހިމެނޭ ފޮތެއް ޝާއިއު ކުރައްވާ ޢާއްމު ކުރައްވާފައެވެ. އަދި ވައުދުތައް ގެންދަވަނީ ތަކުރާރުކުރައްވަމުންނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement