ބިދޭސީންނާ ގުޅޭ އެއްވެސް ފީއެއް ބޮޑު ކުރުމުގެ ވިސްނުމެއް ނެތް- ވަޒީރު އިހުސާން
ވަޒީރު އަލީ އިހުސާން: ފޮޓޯ- ހޯމް މިނިސްޓްރީ

ބިދޭސީންނާ ގުޅޭ އެއްވެސް ފީއެއް ބޮޑު ކުރުމުގެ ވިސްނުމެއް ނެތް- ވަޒީރު އިހުސާން

ނަ މަސްތަކަށްވާ ފީ އެއްކޮށްލައިގެން ބަލްކްކޮށް ދެއްކޭނެ

30 days ago - 14:03
Advertisement

ބިދޭސީންނާ ގުޅޭ އެއްވެސް ފީއެއް ބޮޑު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި ' އެކްސްޕެޓް ސިސްޓަމް' ބޭނުންކުރާ އެހެނިހެން ފަރާތްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. ވަޒީރު ވިދާޅުވީ ރާއްޖެއަށް ބިދޭސީން ގެނެސް، އެމީހުން ވަޒީފާދޭ ފަރާތްތަކުން ދިވެހި ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފީއެއް ބޮޑުކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ. ކޯޓާ ފީ، ވަރކް ވިޒާ ފީ ހިމެނޭހެން މިހާރު ނަގާ ފީތައް އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ބިދޭސީންނާ ގުޅޭ ފީތައް ބަލްކްކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިކަން ފާހަގަކުރެއްވި އެވެ. މިނިސްޓަރ ވިދާޅުވީ ބިދޭސީންނާ ގުޅޭ ބައެއް ފީތައް، މަހުން މަހަށް ދެއްކުމުގެ ބަދަލުގައި ގިނަ މަސްތަކަށްވާ ފީ އެއްކޮށްލައިގެން ބަލްކްކޮށް ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ބިދޭސީންނާ ގުޅޭ ފީތައް ދެއްކުމަށް އެކްސްޕެޓް ސިސްޓަމުން ބަލްކްކޮށް ފީ މިހާރު ދެއްކޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބިދޭސީންނާ ގުޅޭ ފީތައް ދެއްކުމަށް ސަރުކާރުން އެންގުމުން ބައެއް ފަރާތްތަކަށް ދަތިތައް ހުރިކަން ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.  ބައެއް ކުންފުނިތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު މިލިޔަނުން މައްޗަށް އަރާކަން ފާހަގަކުރައްވާ ވިދާޅުވީ   އެފަދަ ފަރާތްތަކުން އެއްބަސްވާނަމަ 12 މަސް ދުވަހަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެކަމަށެވެ. ބިދެށީން ގެންގުޅޭ ފަރާތްތަކުން ޤާނޫނާއި ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަކީ ގަވައިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement