ބުޅާ މަހުން ކާއެއްޗިހި ހަދައިގެން ވިއްކާ މީހާ ހައްޔަރުކޮށްފި
ބުޅަލުން ކާއެއްޗިހި ހަދާ ކަމަށް ތުހުމަތުކުރެވޭ މީހާ: ފޮޓޯ-އިމިގްރޭޝަން

ބުޅާ މަހުން ކާއެއްޗިހި ހަދައިގެން ވިއްކާ މީހާ ހައްޔަރުކޮށްފި

ހައްޔަރުކުރީ މިއަދު ހެނދުނު

30 days ago - 11:41
Aug 20, 2024 - 11:46
Advertisement

ބުޅާ މަހުން ކާއެއްޗިހި ހަދައިގެން ވިއްކާ މީހާ ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ބުޅާ މަސް އަޅައިގެން ކާއެއްޗިހި ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ އަރްފަތު ހޮސައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު 10:32 ހާއިރު މާލެއިން ކަމަށް ފުލުހުން ބުންޏެވެ. 32 އަހަރުގެ ބަނގްލަދޭޝް މީހާއަކީ ގަވާއިދާ ހިލާފަށް އުޅޭ މީހެއް ކަމަށް އިމިގްރޭޝަނުން ވަނި ބުނެފައެވެ. އޭނާ ހޯދާފައިވާކަން އިމިގްރޭޝަން ކޮންޓްރޯލަރ ވެސް ވަނީ ޔަގީންކޮށްދީފައެވެ. އޭނާ މިހާރު ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ. ފުލުހުންގެ އެހީގައި އިމިގްރޭޝަނުން އޭނާ ހޯދީ އިމިގްރޭޝަންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް އިމްގްރޭޝަނުން ބުންޏެވެ.

އޭނާގެ މައްސަލަ ފެންމަތިވީ ސޯޝަލް މީޑިޔާ އެކައުންޓަކުން އެކަން ސަމާލުކަމަށް ގެނައުމުންނެވެ.  ދިވެއްސަކު ވަނީ ބަނގްލަދޭޝް މިހާ އުޅޭ ތަނުގެ ވީޑިއޯއާއެކު ސަމާލުކަމަށް ގެނެސްފައެވެ. އޭނާ ބުނީ ބަނގްލަދޭޝް މީހާ އުޅޭ ތަނުން ބުޅަލުގެ ގުނަވަންތައްވެސް ފެނިފައިވާކަމަށެވެ. އޭނާ ބުނީ އެތަނުން ބުޅާ ރޯއަޑުވެސް އިވޭ ކަމަށާއި, އެތަނަކީ ކާބޯތަކެތި ތައްޔާރުކުރާ ތަނެއްކަން އިނގޭ ކަމަށެވެ.

މައްސަލަ ފެންމަތިވެ ސަމާލުކަމަށް އައިސްފައި މިވަނީ ބިދޭސީން ނުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ވީޑިއޯތަކާއި ފޮޓޯތައް ދައުރުވަމުންދާ ދުވަސްވަރެއްގައެވެ. އަދި އިމިގްރޭޝަނުން ފުލުހުންނާ ގުޅިގެން އެފަދަ ބިދޭސީންނާއި, ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ފިޔަވަޅު އަޅަމުންދާ ދުވަސްވަރެއްގައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement