ރައުދު ދޫކޮށްލީ ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކެއް ހުރުމުން, އަލުން ހައްޔަރުކޮށްފިން- ފުލުހުން
ފުލުހުން ދެވަނަފަހަރަށް ހައްޔަރުކުރި ރައުދު

ރައުދު ދޫކޮށްލީ ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކެއް ހުރުމުން, އަލުން ހައްޔަރުކޮށްފިން- ފުލުހުން

11 months ago - 18:20
May 22, 2025 - 18:20
Advertisement
Advertisement

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ރައުދު އަޙްމަދު ޛިލާލް މިއަދު ބަންދުން ދޫކޮށްލީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން ކަމަށާއި, ނަމަވެސް އަލުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުރިހަމަކުރަން ޖެހެނީ ކޮން އިޖުރާއަތްތަކެއް ކަމެއް ފުލުހުން ނުބުނެއެވެ. ނަމަވެސް ރައުދު ދޫކޮށްލީ އެންމެފަހުން ބޭއްވި މުއްދަތު މަޖިލިހުގައި 20 ދުވަސް ޖަހާފައި ވަނިކޮށް, އެމުއްދަތު ހަމަނުވަނީހެވެ. އަދި ރައުދު ދޫކޮށްލިއިރު އޭނާގެ ފަރާތުން އޮތީ ބަންދު ހައިކޯޓްގައި އިސްތިއުނާފް ކޮށްފައެވެ. ރައުދު ބަންދުން ދޫކޮށްލުމަށްފަހު ގިނައިރުތަކެއް ނުވެ ފުލުހުން ވަނީ އަލުން އޭނާ ހައްޔަރުކޮށްފައެވެ. ދެވަނަ ފަހަރަށް ހައްޔަރުކުރީ އައު ކޯޓް އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރައުދު ހައްޔަރުކުރީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހޯދިސާއާ ގުޅިގެންނެވެ. އެހާދިސާ ހިނގިއިރު ޔުމްނުއާއެކު އެއް ގެއެއްގައި އެކުގައި އުޅުނީ ރައުދު އެވެ. ނަމަވެސް ފުލުހުން މިއަދުވެސް ޔުމްނުގެ ނަމެއް ނުގެނެއެވެ. ބުނީ އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement