ޗައިނާ ސަރުކާރުން 50 ރަށެއްގެ ކައުންސިލް އިދާރާ އަޅައިދެނީ
ކައުންސިލް އިދާރާ އަޅައިދިނުމުގެ އެއްބަސްވުމުގައި ޗައިނާއައެކު ސޮއިކުރުމަށްފަހު: ފޮޓޯ-ކޮންސްޓްރަކްޝަން މިނިސްޓްރީ

ޗައިނާ ސަރުކާރުން 50 ރަށެއްގެ ކައުންސިލް އިދާރާ އަޅައިދެނީ

3 hours ago - 17:38
May 22, 2025 - 17:39
Advertisement
Advertisement

ޗައިނާ ސަރުކާރުން 20 ރަށެއްގެ ކައުންސިލް އިދާރާ އަޅައިދޭން ނިންމާ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެކަމަކު މިއަދު ސޮއިކުރީ ލެޓަރ އޮފް އެކްސްޗޭންޖު ގައެވެ.

ޒަމާނީ ކައުންސިލް އިދާރާތައް ޗައިނާ ސަރުކާރުން އަޅައިދެނީ ދެ ކަޓަގަރީއެއްގެ އިމާރާތް ހިމެނޭ ގޮތަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވިއެވެ. އިމާރާތް އެޅުމުގެ އިތުރުން ޑިޒައިން ކޮށްދިނުންވެސް އެއްބަސްވުމުގައި ހިމެނެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތިކަންހުރި ކައުންސިލް ޢިމާރާތްތަކުގެ މައްސަލަ ޙައްލުކުރުމުގެ ވައުދާއެކު އެމަސައްކަތް ފެއްޓެވިކަން ސަރުކާރުން އިއުލާނުކުރެއްވިއެވެ. އެގޮތުން ދެ ފިޔަވައްސަކަށް ބަހާލައިގެން ކައުންސިލް އިދާރާތައް އަޅާނެ ރަށްތައް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.

އާ ކައުންސިލް އިދާރާތައް އިމާރާތްކުރަނީ ޒަމާނީ ފެންވަރަށެވެ. ބައެއް ރަށްރަށުގައި ހުރި ކައުންސިލް އިދާރާތަކަކީ އެތައް އަހަރެއްވީ, ބޮލަށް ވެއްޓެން ކައިރިވެފައި ހުރި އިމާރާތްތަކެވެ. މިދިޔަ ސަރުކާރުގައި ބައެއް ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ މަސައްކަތް ފަށާފައިވެސް ވެއެވެ.

Advertisement
Advertisement

ޗައިނާ ސަރުކާރާއެކު މިއަދު އެއްބަސްވުމުގައި ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޒިއަންހުއާ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement