އާއިލާއިން އެއްބާރުލުން ނުދޭތީ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަމާއެކު ޔުމްންގެ ބަޔާންނަގަން ދިވެހި ފުލުހުން ތައްޔާރުވެއްޖެ
ޔުމްނުއަށް އިންސާފް ހޯދައިދޭން ގޮވާލާ އަޑު އުފުލަނީ

އާއިލާއިން އެއްބާރުލުން ނުދޭތީ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަމާއެކު ޔުމްންގެ ބަޔާންނަގަން ދިވެހި ފުލުހުން ތައްޔާރުވެއްޖެ

އާއިލާއިން އެއްބާރުލުން އަދިވެސް ނުލިބޭކަމަށް ފުލުހުން ވަނީ ބުނެފައި

7 hours ago - 15:35
May 22, 2025 - 15:40
Advertisement
Advertisement

ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ބަޔާންނަގަން މެލޭޝިއާގެ ފުލުހުންނާ ގުޅިގެން ދިވެހި ފުލުހުން ތައްޔާރުވެއްޖެއެވެ. 

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔުމްނުގެ އާއިލާގެ ފާރާތުން ބަޔާން ނެގުމަށް އަދިވެސް އެބާރުލުން ލިބިފައި ނުވާކަމަށެވެ. އެހެންކަމުން ޔުމްނުއާ ސުވާލުކުރުމަށް މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަމާއެކު އެެގައުމުގައިތިބި ތިބި ދިވެހި ފުލުހުން މިހާރު ތައްޔާރުވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. 

ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރުވާލި ދުވަހުން ފެށިގެން ދިވެހި ފުލުހުންގެ ދެ އޮފިސަރަކުވެސް ތިބީ މެލޭޝިޔާގައެވެ. އެތަނުން އެއް އޮފިސަރަކީ މެޑިކަލް ޑޮކްޓަރެއް ކަމަށްވެސް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެެ.

"އަނިޔާ ލިބުނު އަންހެންމީހާގެ އާއިލާގެ ފަރާތުން ތަޙްޤީގަށް މިހާތަނަށް އެއްވެސް ވަަރަކަށް އެއްބާރުމެއް ލިބިފައެއް ނުވޭ. އަނިޔާ ލިބުނު މީހާގެ ސިއްހީ ހާލަތާ  ގުޅޭގޮތުންވެސް އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުންނަށް ހިއްސާކޮށްފައި ނުވޭ. އަދި ފަރުވާދެމުންގެންދިޔަ ހޮސްޕިިޓަލް ބަދަލުކުރިކަންވެސް ފުލުހުންނަށް އަންގާފައެއް ނުވޭ" ބާޔާނުގައި ބުނެފައި ވެއެވެ.

Advertisement
Advertisement

އެހެން ކަމުން މެލޭޝިއާގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ތަޙްޤީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement