ސިފައިންގެ މަގުމަތީ ހިނގާލުމަށް ބޮޑު ތަރުހީބެއް
މަގުމަތީ ހިނގާލުން ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ސިފައިންގެ މަގުމަތީ ހިނގާލުމަށް ބޮޑު ތަރުހީބެއް

12 months ago - 19:33
Apr 19, 2025 - 19:33
Advertisement
Advertisement

ސިފައިންގެ 133 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި މިއަދު ކުރިއަށްގެންދިޔަ މަގުމަތީ ހިނގާލުމަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ހިނގާލުން ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނިކުތެވެ. ޚާއްޞަކޮށް ހިނގާލުމުގައި މަޑުކުރި ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ކުޑަކުދިން ޖަމާވިއެވެ. މިހިނގާލުން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އާއި އެމަނިކުފާނުގެ އާއިލާވެސް ނިކުމެވަޑައިގެންނެވިއެވެ.

ބަންޑާރަކޮށިން ފެށި މަގުމަތީ ހިނގާލުމުގައި ލަޝްކަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން، އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

މާލޭގެ ވަކި މަގުތަކެއްގައި ކުރިއަށްގެންދިޔަ މި ހިނގާލުމުގައި ސިފައިންގެ ލަޝްކަރު ފަސް ސަރަޙައްދެއްގައި މަޑުކޮށް، އަސްކަރީ ބޭންޑުން ރާގުތައް ކުޅެފައިވެއެވެ. މި ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ދައްކުވައިދީފައިވެއެވެ.

ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ސިފައިންގެ ޚިދުމަތް ފައްޓަވާފައިވަނީ 21 އެޕްރިލް 1892 ގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement