ހޫނު ގަދަ, ކަރަންޓް ބޭނުންކުރުމުގައި ސަމާލުވޭ!
ކަރަންޓް އިޤްތިޞާދުކުރަން ސްޓެލްކޯއިން ދޭތެދޭތެރެއިން އިލްތިމާސްކުރޭ

ހޫނު ގަދަ, ކަރަންޓް ބޭނުންކުރުމުގައި ސަމާލުވޭ!

13 hours ago - 15:39
Apr 19, 2025 - 15:40
Advertisement
Advertisement

މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު ކަރަންޓް ބޭނުން ކުރުމުގައި ސަމާލުވުމަށް ސްޓެލްކޯއިން އިންތިމާސްކޮށްފިއެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

 އެހެން ކަމުން އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ފަހުމީ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

" ހާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަން." ފަހުމީ ވިދާޅުވިއެވެ.

 މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. އެ ދުވަހުގެ 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިއަދުގެ 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި ކަމަށާއި, އެހެންކަމުން އެންމެން މިކަމަށް ސަމާލުވެ، ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަށް ސްޓެލްކޯގެ އެމްޑީ އިލްތިމާސްކުރެއްވިއެވެ. އޭނާ ވިދާޅުވީ ކަރަންޓް އިގްތިޞާދުކުރުމަކީ މުޖުތަމަޢުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement