ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރަން ބޭނުން! ފުރުޞަތު ހުޅުވާލައިފި
ދިއްގަރު ލަނގިރި ޓީމެއް ޢީދު ކުޅެން ތައްޔާރުވަނީ: ފޮޓޯ-ޙަފްޞީ

ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރަން ބޭނުން! ފުރުޞަތު ހުޅުވާލައިފި

16 hours ago - 12:06
Apr 19, 2025 - 12:06
Advertisement
Advertisement

ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރަން ބޭނުންވާ ރަށްތަކަށް ފުރުޞަތު ހުޅުވާލައިފި އެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އެފުރުޞަތު ހުޅުވާލީ ކުރިއަށް އޮތް މެއި މަހުގެ ފުރަތަމަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރަން ބޭނުންވާ ރަށްތަކުން ޖެހެނީ އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅާށެވެ. ގައުމީ ފެންވަރުގައި ޢީދު ފާހަގަކުރާ ރަށްތަކުން ކޮންމެހެން ހިމަނަން ލާޒިމް ކުޅިވަރުތަކެއް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ. އަދި މަދުވެގެން ހަތަރު ދުވަހު ކުޅިވަރުތައް ކުރިއަށް ގެންދަން ޖެހެއެވެ. ކޮންމެހެން ހިމަނަން ޖެހޭ ކުޅިވަރުތަކުގެ ތެރޭގައި ހިމެނެނީ ސަގާފީ ކުޅިވަރުތަކެވެ. އޭގެތެރޭގައި އޢީދު ވެދުމާ ދިއުން, ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުން, އަވަށްޓެރިންނަށް ޢިދު ތަށިބަރި ނުވަތަ ކޭން ދިނުން ހިމެނެއެވެ.

މީގެއިތުރުން އިސްރަށްވެހީންނާއި ކުޑަކުދިންނާއި, ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ހަރަކާތްތައް ހިމަނަން ޖެހެއެވެ. އަދި ގިނަބަޔަކު ބައިވެރިކޮށްގެން ކުރިއަށްގެންދާ ކުޅިވަރު ހަރަކާތްތައްވެސް ހިމަނަން ޖެހެއެވެ.

ގައުމީ ފެންވަރުގައި ޢީދު ފާހަގަކުރަން ކަނޑައަޅާ ރަށްތަކަށް މިނިސްޓްރީން ފައިސާގެ އެހީތެރިކަން ދޭން ވަނީ ނިންމާފައެވެ. އަދި ރަށްތައް ކަނޑައެޅުމުގައި އަމަލުކުރާނެ އުޞޫލުވެސް ވަނީ ޢާއްމުކޮށްފައެވެ. ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ބޮޑު ޢީދު ފެށެނީ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement