އެކްސިޑެނެޓެއްގައި ރޭ ދަންވަރު ޒުވާނަކު ނިޔާވެއްޖެ
ހުޅުމާލޭގައި އެކްސިޑެންޓް ހިނގި ސަރަހައްދު: ފޮޓޯ-ޑރ.މައުރޫފް

އެކްސިޑެނެޓެއްގައި ރޭ ދަންވަރު ޒުވާނަކު ނިޔާވެއްޖެ

އެކްސިޑެންޓްވީ ކާރަކުން ސައިކަލްގައި ޖެހިގެން

11 days ago - 07:31
Sep 6, 2024 - 09:26
Advertisement

ހުޅުމާލޭގައި ހިނގި އެކްސިޑެނެޓެއްގައި ރޭ ދަންވަރު ޒުވާނަކު ނިޔާވެއްޖެ އެވެ. އެކްސިޑެންޓް ހިނގީ ހުޅުމާލެ ސެންޓްރަލް ޕާރކް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓްގައި ނިޔާވީ ސައިކަލް ދުއްވަން އިން 23 އަހަރުގެ ދިވެހި ޒުވާނެކެވެ. އޭނާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް, ފުލުހުން ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި ޒުވާނާއަކީ ކަރެކްޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޒުވާނެކެވެ. އެކްސިޑެންޓްގައި ނިޔާވި ހަސަން ސަމާހު ހުޅުމާލެއަށް ދިޔައީ ރޭ ފަތިހު އޮތް ދުވުމެއްގައި ބައިވެރިވުމަށެވެ. އޭނާއަކީ ގަވާއިދުން ދުވުންތަކުގައި ބައިވެރިވާ ޒުވާނެކެވެ.

އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި 26 އަހަރުގެ ޒުވާނާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ދާ ކަމަށެވެ. މިދިޔަ މަހުގެ ތެރޭގައިވެސް ވަނީ ބާރު ސްޕީޑްގައި ދުއްވި ސްޕޯރޓްސް ކާރެއް ކޮންޓްރޯލް ނުވެ, މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. އެއެކްސިޑެންޓް ވެސް ހިނގީ ހުޅުމާލޭގައެވެ. އެހާދިސާގައި ކާރު ދުއްވި މީހާ ކޯޓުން މިނިވަން ކޮށްފައި ވަނިކޮށް, ފުލުހުން ވަނީ ދެވަނަ ފަހަރަށް ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައެވެ.

އިހުމާލުގެ ސަބަބުން ހިނގާ އެކްސިޑެނޓްތައް ދަނީ ގިނަވަމުންނެވެ. އަދި އެފަދަ އެކްސިޑެންޓްތަކުގައި ކުށެއް ނެތް ފަރާތްތައް ނިޔާވެ, އަދި ބޮޑަތި ޒަޚަމްތައް ދަނީ ލިބެމުންނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement