ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ 5 ބިދޭސީއަކު އަތުލައިގެންފި
އަތުލައިގަން ފައިސާގެ ތެރެއިން ބައެއް

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ 5 ބިދޭސީއަކު އަތުލައިގެންފި

11 days ago - 23:23
Sep 5, 2024 - 23:28
Advertisement

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ 5 ބިދޭސީއަކު އަތުލައިގެންފި އެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ފުލުހުންނާ ގުޅިގެން މިއަދު ކުރިއަށްގެންދިޔަ ޚާއްޞަ ރެއިޑްގައި އަތުލައިގަން 5 މީހުންނަކީ ފުޅާދާއިރާއެއްގައި ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ފަސް މީހުން ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ އާއި ޑެބިޓް/ކްރެޑިޓް ކާޑު ވެސް ފެނިފައިވާ ކަމަށެވެ. އެމީހުން އަތުން އަތުލައިގަން ޑޮލަރާއި ކާޑްތަކުގެ ފޮޓޯވެސް އިމިގްރޭޝަނުން ވަނީ ޢާއްމުކޮށްފައެވެ. ފޮޓޯތަކުން ފެންނަ ގޮތުން ގިނަ އަދަދެއްގެ ޑޮލަރާއި, އެއްހާހާއި ފަސްސަތޭކަ ރުފިޔާގެ ނޫޓް ހިމެނޭގޮތަށް ގިނަ އަދަދެއްގެ ފައިސާ މޭޒު މަތީގައި ހުރީ އަތުރާފައެވެ. އަދި ޕާސްޕޯރޓްތަކެއްވެސް ފޮޓޯއިން ފެނެއެވެ.

https://x.com/ImmigrationMV/status/1831732822077534409

އިމިގްރޭޝަނުން ބުނީ މި މައްސަލައާ ގުޅިގެން އިތުރަށް ތަހުގީގު ކުރެވެމުންދާ ކަމަށެވެ. އަދި އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެ ކަމަށް ބުންޏެވެ.

Advertisement

ގަވއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން އަދި އެހެން އިދާރާތައްވެސް ގުޅިގެން ފުޅާ އޮޕަރޭޝަނެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement