އަނެއްކާވެސް ވަޅިން ބިރު ދައްކާ މަރުގެ އިންޒާރު ދިނުމުގެ މައްސަލައެއް
ފޭރުނު ދެމީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ

އަނެއްކާވެސް ވަޅިން ބިރު ދައްކާ މަރުގެ އިންޒާރު ދިނުމުގެ މައްސަލައެއް

ފޭރުނު ދެ މީހުން ވަނީ ހައްޔަރުކޮށްފަ

11 days ago - 15:09
Sep 5, 2024 - 15:17
Advertisement

 

އަނެއްކާވެސް ވަޅިން ބިރު ދައްކާ މަރުގެ އިންޒާރު ދީގެން ފޭރުމުގެ މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި އެވެ. 

ގެއެއްގައި ބަޔަކު ނިދާފައި ތިއްބާ ފާޚާނާ ފެންލައިޓުން ވަދެ, ނިދާފައި ތިބި ދެމީހުންނަށް ވަޅިން ބިރު ދައްކައިގެން ފޯނާއި, ލެޕްޓޮޕާއި އެހެން ބައެއް ސާމާނު ފޭރުނު މައްސަލައެއް ހުށަހަޅާފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ. މާފަންނު ގެއަކަށް ވަދެ ފޭރުމުގެ މިއަމަލު ހިންގާފައިވަނީ އަންގާރަ ދުވަހުގެރޭ ދަންވަރު އެވެ.

ފުލުހުން ބުނީ ފޭރުނީ ނިދާފައި ތިބި ދެމީހުންގެ ކަރުގައި ވަޅި ޖައްސާ, އެއްވެސް ހަރަކާތެއް ކޮށްފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދީގެން ކަމަށެވެ.

Advertisement

ފުލުހުން ބުނީ ފޭރުނު ދެމީހުން ފިލައިގެން ދިޔައީ ފާޚާނާއަށް ވަދެ, އެތެރެއިން ތަޅުލުމަށްފަހު ފެންލައިޓުން ނިކުމެގެން ކަމަށެވެ. ނަމަވެސް އެދެމީހުންވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.އެދެ މީހުން ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ. އަދި ފޭރުނު ލެޕްޓޮޕާއި, މޮބައިލް ފޯނުވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެއިތުރުން އެމީހުން ވަގަށް ނަގާފައިވާ އެހެން ބައެއް ތަކެތިވެސް އެމީހުން އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މިމައްސަލަ ފެންމަތި ވެފައި މިވަނީ ވަޅިން ބިރު ދައްކާ އަންހެނަކު ރަހީނުކުރި މައްސަލައެއްގައި ބާރުގެ ބޭނުންކޮށްގެން ހައްޔަރުކުރި ޒުވާނަކު, ފަހުން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނިކޮށެވެ. އޭނާ މަރުވީ ފުލުހުންގެ ބަންދުގައި ހުއްޓާ ދަންޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ މަރާ އިތުރު ކަމަކާ ގުޅުން އޮތްތޯ ބަލަން ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement