21 އަހަރުގެ ތެރޭގައި މެސީ އާއި ރޮނާލްޑޯގެ ނަންނެތި ބާއްވާ ފުރަތަމަ ބެލެންޑޯ
މޮޘްރިޗްއާއި ބެންޒިމާގެ ނަމެއްވެސް ނެތް
ފްރާންސް ފުޓްބޯޅައިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލެންޑޯ އެވޯޑްސްގެ ނޮމިނީސް ބުދަދުވަހު އިއުލާންކޮށްފިއެވެ. ލިސްޓްގެ އެންމެ ބޮޑު ބަދަލަކީ ރޮނަލްޑޯއާއި މެސީގެ ނަންވެސް ނެތުމެވެ. މިއީ 2003 ވަނަ އަހަރުގެ ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ނަން ނެތި އިއުލާނުކުރި ފުރަތަމަ ނޮމިނީސް ލިސްޓެވެ. މިއާއެކު ފުޓްބޯޅައި ސަޕޯޓަރުން ދަނީ ޒަމާނެއްގެ ނިމުން ކަމަށް ސިފަކޮށް ސޯޝަލް މީޑިއާގައި ޝުޢޫރުތައް ފާޅުކުރަމުންނެވެ.
އެމެރިކާގެ އިންޓަ މަޔާމީގެ މިހާރުގެ ކެޕްޓަން, މެސީ ވަނީ ޖުމްލަ އަށް ބެލެންޑޯ އެވޯޑް ހޯދާފައެވެ. އަދި ސައުދީ އެރޭބިއާގެ އަލް-ނަޞްރުގެ ކެޕްޓަން, ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ފަސް ބެލެންޑޯ އެވޯޑް ހޯދާފައެވެ. މީގެ ތެރޭގައި ބެލެންޑޯ އާއި ފީފާ އެވޯޑްސް އެއްކޮށްލައިގެން 2010 އަދި 2015 ވަނަ އަހަރު ދިން އެވޯޑްސް ވެސް ޙާސިލްކުރި މި ދެ ކުޅުންތެރިންނެވެ.
މިފަހަރު ބެލެންޑޯ އެވޯޑްސް މެސީ އަދި ރޮނާލްޑޯ އަށް ނުލިބޭނެކަށް ކަށަވަރުވެފައި ވާއިރު, އެދެކުޅުންތެރިންގެ އިތުރުން ފާއިތުވި 21 އަހަރު މި އެވޯޑް ހާސިލްކުރި ހަމައެކަނި ދެކުޅުންތެރިން ކަމަށްވާ ކަރިމް ބެންޒެމާ އާއި ލުކާ މޮޑްރިޗް އަށްވެސް ވަނީ ނޮމިނީސް ލިސްޓުން ފުރުޞަތު ގެއްލިފައެވެ.
މިފަހަރު ބެލެންޑޯ ނޮމިނީސްގެ 30 ކުޅުންތެރިންގެ ތެރޭގައި އިނގިރޭސި ވިލާތް އަދި ސްޕެއިންގެ ހަ ކުޅުންތެރިއަކު ހިމެނެއެވެ. ބެލެންޑޯ ހޯދާ ކުޅުންތެރިން އިއުލާން ކުރާނީ 28 އޮކްޓޯބަރ ގައި ފްރާންސް ގެ ވެރިރަށް ޕެރިސްގައި ބާއްވާ ހަފްލާގައެވެ.
މިފަހަރުގެ ބެލެންޑޮ އެވޯޑްއަށް ނޮމިނޭޓް ވެފައިވާ ކުޅުންތެރިންނަކީ:
1. ޖޫޑް ބެލިންގހަމް (އިނގިރޭސި ވިލާތް/ރިއަލް މެޑްރިޑް)
2. ހެރީ ކޭން (އިނގިރޭސިވިލާތް/ބަޔާން މިއުނިކް)
3. ޑެކްލަން ރައިސް (އިނގިރޭސި ވިލާތް/އާސެނަލް)
4. ކޯލް ޕާމާ (އިނގިރޭސި ވިލާތް/ޗެލްސީ)
5. ބުކާޔޯ ސަކާ (އިނގިރޭސި ވިލާތް/އާސެނަލް)
6. ފިލް ފޮޑެން (އިނގިރޭސި ވިލާތް/މެންޗެސްޓަރ ސިޓީ)
7. ޑެނީ ކަވަރހާލް (ސްޕެއިން/ރިއަލް މެޑްރިޑް)
8. ރޮޑްރީ (ސްޕެއިން/މެންޗެސްޓަރ ސިޓީ)
9. ނިކޯ ވިލިއަމްސް (ސްޕެއިން/އެތްލެޓިކް ބިލްބާއޯ)
10. ލަމީން ޔަމާލް (ސްޕެއިން/ބާސެލޯނާ)
11. ޑެނީ އޮލްމޯ (ސްޕެއިން/ލައިޕްޒިގް-ބާސެލޯނާ)
12. އަލްހަންޑްރޯ ގްރިމާލްޑޯ (ސްޕެއިން/ބަޔާން ލެވަކޫސަން)
13. ޓޯނީ ކްރޫސް (ޖަރުމަނު/ރިއަލް މެޑްރިޑް)
14. ފްލޯރިއަން ވާޓްޒް (ޖަރުމަން/ބަޔާން ލެނަކޫސަން)
15. މެޓް ހަމެލްސް (ޖަރުމަނު/ބޮރޫޝިއާ ޑޯޓްމަންޑް)
16. އެންޓޯނިއޯ ރުޑީގާ (ޖަރުމަން/ރިއަލް މެޑްރިޑް)
17. ވިލިއަން ސަލީބާ (ފްރާންސް/އާސެނަލް)
18. ކީލިއަން އެމްބާޕޭ (ފްރާންސް/ޕީއެސްޖީ-ރިއަލް މެޑްރިޑް)
19. އާލިން ހާލަންޑް (ނޯވޭ/މެންޗެސްޓަރ ސިޓީ)
20. މާޓިން އޮޑެގާޑް (ނޯވޭ/އާސެނަލް)
21. ރުބެން ޑިއަޒް (ޕޯޗްގަލް/މެންޗެސްޓަރ ސިޓީ)
22. ވިޓީނިއާ (ޕޯޗްގަލް/ޕީއެސްޖީ)
23. އެމީލިއޯ މާޓިނޭޒް (އާޖެންޓީނާ/އެސްޓަންވިލާ)
24. ލައުޓާރޯ މާޓީނޭޒް (އާޖެންޓީނާ/އިންޓަ މިލާން)
25. ފެޑްރީކޯ ވަލްވާޑޭ (އުރުގުއާއީ/ރިއަލް މެޑްރިޑް)
26. ވިނީޝިއުސް ޖޭއާރު (ބްރެޒިލް/ރިއަލް މެޑްރިޑް)
27. އާޓެން ޑޮވްބީކް (ޔޫކްރެއިން (ރޯމާ-ޖިރޯނާ)
28. ހަކަން ޗަލަނޯލޫ (ތުރުކީ/އިންޓަ މިލާން)
29. އަޑެމޯލާ ލުކްމަން (ނައިޖީރިއާ/އެޓްލާންޓާ)
30. ގްރޭނިޓް ޝަކާ (ސްވިޒަލޭންޑް/ބަޔާން ލެވަކޫސަން)
ބެލެންޑޯ ގެ އެންމެ މޮޅު ކޯޗަށް ހަތަރު ކޯޗަކު ވާދަކުރެއެވެ. އޭގެ ތެރެއިން އެންމެ ކުރީގައި އޮތީ މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއެވެ. ސްޕެއިންގެ ކޯޗު ލުއިސް ޑިލަފުންޓޭ, ބަޔާން ލެވަކޫސަންގެ ކޯޗު ޒަބީ އޮލޮންސޯ އަދި ރިއަލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗޮލޮޓީ ވެސް ނޮމިނޭޝަންސް ލިސްޓުގައި ހިމެނެއެވެ.
ރިއެކްޝަންސް