ކްލަބް ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލްއިން ބަޔާން ކަޓުވާލައި ޕީއެސްޖީ ސެމީއަށް
މެޗުގައި ޕީއެސްޖީގެ ގޯލް ކާމިޔާބުކުރި ދެ ކުޅުންތެރިން. ފޮޓޯ: ސްކައި ސްޕޯޓްސް

ކްލަބް ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލްއިން ބަޔާން ކަޓުވާލައި ޕީއެސްޖީ ސެމީއަށް

ޕީއެސްޖީއަށް ވަނީ ދެ ރަތްކާޑު ދައްކާފައި . މިއީ ބަޔާނަށް ތޯމަސްމުލާ ކުޅެދިން ފަހު މެޗު

9 hours ago - 23:45
Jul 5, 2025 - 23:54

ފީފާ ކްލަބް ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލްގައި މިއަދު ޖަރުމަނުގެ ބަޔާން މިއުނިކް 2-0 ބަލިކޮށް ފްރާންސްގެ ފެރިސް ސެއިންޓް-ޖެމައިން (ޕީއެސްޖީ) މުބާރަތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. 

ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފަހުކޮޅު ޕީއެސްޖީގެ ދެ ކުޅުންތެރިއަކަށް ވަނީ ސީދާ ދެ ރަތްކާޑު ދައްކާފައެވެ. 82 ވަނަ މިނިޓްގައި ވިލިއަމް ޕަޗޯ އަދި އިތުރު ވަގުތުގައި ލޫކަސް ހެނާންޑޭޒްއަށްވެސް ރަތްކާޑު ދައްކާފައިވަނީ ނުރައްކާތެރި ދެ ފައުލަކާ ގުޅިގެންނެވެ.

މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލް 78 ވަނަ މިނިޓްގައި ޔާއޮ ނެވޭސް ތަނަވަސްކޮށްދިން ފުރުޞަތުގައިކާމިޔާބުކޮށްދިނީ ޑިސަޔާ ޑުއޭ އެވެ. ފަހު ގޯލް މެޗުގެ ފުރިހަމަ ވަގުތުނިމި, އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ހަކީމީގެ ހުރަހަކުން އޮސްމާން ޑެމްބެލޭއެވެ. 

ޑެމްބެލޭ ވަނީ ގޯލް ޖެހުމަށްފަހު ފޯޗްގަލްގެ ލިވަޕޫލް ކުޅުންތެރިޔާ ޑިއޮގޯ ޖޮޓާގެ ސެލެބްރޭޝަން ދައްކާލާ ޖޮޓާއަށް ޓްރިބިއުޓެއް ދީފައެވެ. ކާރު އެކްސިޑެންޓެއްގައި އިއްޔެ މަރުވި 28 އަހަރުގެ ޖޮޓާގެ ޖަނާޒާ މިއަދު ވަނީ  ޕޯޗްގަލްގެ ޕޯޓޯގައި އޭނާގެ އުފަން އަވަށުގައި ބާއްވާފައެވެ. 

Advertisement
Advertisement

އަނިޔާގެގިނަ މައްސަލަތަކެއް ފެނުނު މިމެޗުގައި ބަޔާންގެ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާވަނީ ފުރަތަމަ ހާފު ނިމުާއެކު ބަދަލުކޮށްފައެވެ. 

މިއީ 13 ބުންޑަސްލީގާ އާއި ޗެޕްމިއަންސް ލީގު ދެ ފަހަރު ބަޔާނަށް ހޯދައިދިން 35 އަހަރުގެ ތޯމަސް މުލާ ބަޔާނަށް ކުޅެދިން ފަހު މެޗެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow