
ސިނަމާލެ ބްރިޖްގައި އެކްސިޑެންޓެއް ހިނގައިފި
ސިނަމާލެ ބްރިޖްގައި އެކްސިޑެންޓެއް ހިނގައިފިއެވެ. އެކްސިޑެންޓް ހިނގީ ހުޅުމާލެ އަށް ދިޔަ ސައިކަލާއި ކާރެއް ޖެހިއެވެ.
ފޮޓޯތަކުން ފެންނަ ގޮތުން ސައިކަލް ގޮސް ޖެހިފައިވަނީ ކުރިމަތީ އޮތް ޕްރައިވެޓް ކާރެއްގައެވެ. މިހާދިސާގައި މީހަކަށް އަނިޔާވިކަމެއް އަދި ސާފެއް ނޫނެވެ. އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެއެވެ.
ނަމަވެސް އެކްސިޑެންޓްގައި ސައިކަލާއި ކާރަށްވެސް ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިއެކްސިޑެންޓް ހިނގީ މިއަދު ހަވީރު 5:30 ހާއިރު އެވެ.
ރިއެކްޝަންސް






