ހަނިމާދޫ އެއަޕޯރޓް ވިއްކާލަން އުޅޭކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް- ސައީދު
ހަނިމާދޫ އެއަޕޯރޓް ތަރައްޤީ ކުރަނީ ޒަމާނީ އެއަޕޯރޓެއްގެ ގޮތުގައި: ފޮޓޯ-ކޯޕަރޭޓް މޯލްޑިވްސް

ހަނިމާދޫ އެއަޕޯރޓް ވިއްކާލަން އުޅޭކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް- ސައީދު

5 hours ago - 14:05
Jul 5, 2025 - 14:05
Advertisement
Advertisement

ހަނިމާދޫ އެއަޕޯރޓް ވިއްކާލަން އުޅޭކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އެފަދަ ވާހަކައެއް ހިމެނޭ ޚަބަރެއް ރީޕޯސްޓް ކުރައްވާ ސައީދު ވިދާޅުވީ ހަނިމާދޫ އެއަޕޯރޓް ވިއްކާލަން އަދި ކުއްޔަށްދޭންވެސް ނޫޅޭ ކަމަށެވެ.

ހަނިމާދޫ އެއަރޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައަކީ ބުޙުތާނު ދޮގެއް ކަމަށެވެ. އަދި މިކަމާއިބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީވެސް ބުޙުތާނު ދޮގެއް ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ހަނިމާދޫ އެއަޕޯރޓް ވިއްކާލަން އުޅޭކަމުގެ ތުހުމަތުތަކެއް ކުރެއްވީ ކުރީގެ ރައީސް ޢަބްދުالله ޔާމީންއެވެ. ޔާމީން ތުހުމަތު ކުރެއްވީ އިންޑިޔާގެ ކުންފުންޏަކަށް ވިއްކާލަން މަޝްވަރާތެއް ކުރެއްވި ކަމަށެވެ. އަދި އެމަޝްވަރާތައް ކުރީ ރައީސް ޑރ.މުހައްމަދު މުއިއްޒު ސިންފަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓްގެ މަސައްކަތުގެ އިތުރުން ރާއްޖޭގައި މިވަގުތު ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއަކީ ހަނިމާދޫ އެއަޕޯރޓްގެ މަސައްކަތެވެ. އެންމެ ބޮޑަތި ބޯޓް ޖެއްސޭވަރަށް އަޕްގްރޭޑްކޮށް, ޒަމާނީ އެއަޕޯރޓަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement