މަނާ ބޭހާއި މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި
ހައްޔަރުކުރި ޝާނިމް

މަނާ ބޭހާއި މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި

7 hours ago - 10:08
Jul 5, 2025 - 10:08
Advertisement
Advertisement

ރާއްޖެއަށް އެތެރެކުރުން މަނާ ބޭހާއި މަސްތުވާތަކެއްޗާއެކު ށ.ކޮމަންޑޫ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މައްސަލައިގައި ހައްޔަރުކުރީ ކޮމަންޑޫ / ސާތީ، ޙުސައިން ޝާނިމު އެވެ.

އޭނާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކުރީ މާލެއިންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ޝާނިމް ހައްޔަރުކުރީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކަމަށެވެ.

އޭނާ ހައްޔަރުކުރުމަށްފަހު، އޭނާއާ ގުޅުންހުރި 3 ތަނެއް ބަލާ ފާސްކުރިކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ތަންތަން ބަލައިފާސްކުރިއިރު 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

 ޙުސައިން ޝާނިމުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތަށް ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.

Advertisement
Advertisement

މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement