މާލެ ސަރަހައްދުގައި އެއަރ ކޮލިޓީ މޮނިޓަރ ކުރާ 4 ސްޓޭޝަނެއް މިއަހަރު ނިމުމުގެ ކުރިން ބަހައްޓަނީ

މާލެ ސަރަހައްދުގައި އެއަރ ކޮލިޓީ މޮނިޓަރ ކުރާ 4 ސްޓޭޝަނެއް މިއަހަރު ނިމުމުގެ ކުރިން ބަހައްޓަނީ

3 hours ago - 14:52
Advertisement
Advertisement

މާލެ ސަރަހައްދުގެ އެއަރ ކޮލިޓީ މޮނިޓަރ ކުރާ 4 ސްޓޭޝަނެއް މިއަހަރު ނިމުމުގެ ކުރިން ބަހައްޓާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ ޝަރީފު ވިދާޅުވީ، މި ސްޓޭޝަންގެ ތެރެއިން އެއް ސްޓޭޝަން މިހާރު ގަލޮޅުގައި ބަހައްޓައި ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށްއޮތްތާ، ރާއްޖޭގެ އެކި ސަރަހައްދުގައި އެއަރ ކޮލިޓީ މޮނިޓަރިން ސްޓޭޝަންތަކެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެެވެ.

މީގެއިތުރުން މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް މިފަދަ ސެންޓަރުތައް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ކ. ވިލިނގިލި، ށ. ފުނަދޫ، ލ. ގަން، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ދ. ކުޑަހުވަދޫ އަދި ހދ. ކުޅުދުއްފުށީގައި މި ސެންޓަރުތަކުގެ ޚިދުމަތް ކުރިއަށްގެންދާ ކަމަށެވެ.

ރާއްޖޭގެ ވައިގެ ސާފުމިނާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވަނީ ރާއްޖޭގެ ކައިރި ސަރަހައްދުތަކުގެ ވައިގެ ދައުރުވުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އަދި އިންޑިއަން ސަބް ކޮންޓިނެންޓުގެ މަތީގައި އުފެދިފައިވާ ދުން ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ މިންވަރު އިތުރުވާތީ ކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގަިއ ފާހަގަކުރެއްވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement