ހުޅުމާލޭ ރުއްގަނޑު ދޭއް ސަރަހައްދުގައި ބޯލިން އެރީނާއަކާއި ގޭމިން އާކޭޑެއް ތަރައްގީކުރަނީ

ހުޅުމާލޭ ރުއްގަނޑު ދޭއް ސަރަހައްދުގައި ބޯލިން އެރީނާއަކާއި ގޭމިން އާކޭޑެއް ތަރައްގީކުރަނީ

2 hours ago - 09:45
Advertisement
Advertisement

ހުޅުމާލޭ ފޭސް  ދޭއް ސަރަހައްދުގައި އޮތް ރުއްގަނޑުގެ ހުސްބިމުގައި، ޒަމާނީ ފެންވަރުގެ ބޯލިން އެރީނާއަކާއި، ގޭމިން އާކޭޑެއް ތަރައްގީކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ނިންމައިފިއެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަޞީލަތްތައް ގާއިމުކުރެވިފައިވާ ހިތްގައިމު ތަނަކަށް ހުޅުމާލެ ހެދުމެވެ.

މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި 10 ލޭނުގެ ބޯލިން އެލީއަކާއި، ޒަމާނީ ވަޞީލަތްތަކާ އެކު ގޭމިން އާކޭޑެއްގެ އިތުރުން އެކި ކަހަލަ ޕާޓީތަކާއި އިޖްތިމާއީ ހަރަކާތްތައް ބޭއްވޭނެ މަލްޓި ޕާޕަސް ހޯލެއް ގާއިމުކުރެވިގެންދާނެއެވެ.

އަދި ކުޅިވަރު ބަލައިލެވޭނެ ސަރަހައްދަކާއި، ލޮކަރު ރޫމާއި، އާންމު ފާހާނާ ބަރިއެއްގެ ޕާކިން އޭރިއާއެއް ވެސް ތަރައްގީ ކުރާނެއެވެ.

ހުޅުމާލެއަކީ އެތަނުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށާއި، އެކި ބޭނުންތަކުގައި އެ ރަށަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ، ފުރިހަމަ އަދި ރައްކާތެރި ވެއްޓަކަށް ހެދުމަށްޓަކައި އެޗްޑީސީން މެދުކެނޑުމެއްނެތި ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement