އިޖުތިމާއީ ވުޒާރާއަށް މައްސަލައެއް ހުށަހެޅުމުން އެސްއެމްއެސް އެއް ލިބޭ ގޮތް ހަދަނީ
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެނީ: ފޮޓޯ-ރައީސް އޮފީސް

އިޖުތިމާއީ ވުޒާރާއަށް މައްސަލައެއް ހުށަހެޅުމުން އެސްއެމްއެސް އެއް ލިބޭ ގޮތް ހަދަނީ

2 months ago - 16:33
Feb 13, 2025 - 17:50
Advertisement
Advertisement

އިޖުތިމާޢީ ވުޒާރާއަށް މައްސަލަ އެއް ހުށަހެޅުމުން، މައްސަލަ ހުށަހެޅިކަން އެނގޭނެ އެސްއެމްއެސް އެއް މައްސަލަ ހުށަހެޅި ފަރާތަށް ލިބޭ ގޮތަށް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ޑރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެވުޒާރާގެ މަސައްކަތްތަކުގެ އަދާހަމަ ސާފްކޮށްދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

 މިއީ އިޖުތިމާއީ ވުޒާރާގެ މަސައްތުގެ ފެންވަރު ރަނގަޅު ކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އާންމުން އެންގިނައިން ފާހަގަ ކޮށްފައިވާ ކަމަކީ، މައްސަލަ ހުށަހެޅި ކަން އެނގެން ނެތުން ކަމަށާއި, މައްސަލަ ކުރިއަށްދާ ގޮތުގެ އަޕްޑޭޓް ނުލިބުމަކީ ރައްޔިތުންގެ ޝަކުވާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓްރީގެ މަސައްކަތްތައް ރަނގަޅު ކުރުމަށް އާއްމު ރައްޔިތުންގެ ފަރާތުން ފީޑްބެކް ހޯދުމުގެ މަސައްކަތް ވެސް ފައްޓަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެވުޒާރާގެ 3 ހެލްޕްލައިން ކަމަށްވާ 1433، 1412، އަދި 1421 އަށް ގުޅައިގެން ޚިދުމަތް ފޯރުކޮށްދެވޭ އިންސައްތަ 40 އިންސައްތަ އިން 90 އިންސައްތަ އަށް އިތުރުކުރެވިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވިދާޅުވީ އެނިސްބަތް 100 އަށް ގެންދިއުން ކަމަށެވެ.

އާއިލާ ތަކަށް އެންމެ އެކަށީގެންވާގޮތަށް އެހީތެރިކަން ދިނުމުގެ ގޮތުން، ހުށަހަޅާ މައްސަލަ ތަކާއި އާއިލާ ތަކުގެ މައުލޫމާތު އަދާ ހަމަކޮށް ހިމެނޭ އިންފޯމޭޝަން ސިސްޓަމެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުން ދާކަމަށާއި, މައްސަލަތަކުގައި މިހާރު މަސައްކަތް ކުރަމުންދަނީ އާއިލީ ނަޒަރަކުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement
Advertisement

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް އާއިލީ ވެއްޓެއް ހޯދައި ދިނުމުގެ ތެރެއިން ފާއިތުވެދިޔަ އަހަރު 67 ކުއްޖަކު އާއިލާއާ ހަވާލުކުރެވިފައިވާކަންވެސް މިއަދު ވަޒީރު އާއިޝަތު ޝިހާމް ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު 23 އިންސައްތަ ދަށް ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. 

 ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްވެސް ވަކި މުވައްޒަފުން ހަމަޖައްސާފައިވާ ކަމަށާއި, އެފަދަ ފަރާތްތަކަށް ޚާއްސަ "އެމްޕަވަރމެންޓު ހަބް" ހުޅުވުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. މިއަހަރުގެ ތެރޭގައި ހުޅުމާލޭގައި ހަބް ހުޅުވާނެ ކަމަށް ވިދާޅުވިއެވެ.

ބޮޑު ތަރުހީބެއް ލިބިފައިވާ "ހާލު ކިހިނެތް" މަޝްރޫއުގެ ތެރެއިން ރާއްޖޭގެ 40 ރަށެއްގެ 12,000 ގެއަކަށް މިނިސްޓްރީގެ މުވައްޒަފުން ޒިޔާރަތް ކޮށްފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެވުޒާރާގެ "ހާލު ކިހިނެތް" އަދި "އިބަމަ" އިގެ މަސައްކަތުގެ ތެރެއިން މުއައްސަސާ ތަކާއި އިދާރާތައް އެކުގައި މަސައްކަތް ކުރުމުގެ ފައިދާ ފެނިގެން ގޮސްފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އިސްރަށްވެހިންނަށް މިސަރުކާރުން ރާވާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން، މާލޭގައި ފަށާފައިވާ އިސްރަށްވެހިންގެ ނާދީގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މިޚިދުމަތް ފުޅާ ކުރުމުގެ ގޮތުން އިޖުތިމާއީ ވުޒާރާއިން ހުޅުމާލެ ފޭސް 2 ގައި އިސްރަށްވެހިންގެ ނާދީއެށް ދާދިފަހުން ވަނީ ހުޅުވާފައެވެ. އަދި ރާއްޖޭގެ 5 އަތޮޅެއްގައި މިފަދަ ނާދީތައް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement