
ގޭންގު ކުށްތަކާއި ބެހޭ ބިލަށާއި، ލާމަރުކަޒީ ބިލަށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި
ގޭންގު ކުށްތަކާއި ބެހޭ ބިލަށާއި، ލާމަރުކަޒީ ބިލަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ޙުސައިން ހުށަހަޅުއްވާފައިވާ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" އަށް ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
އަދި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރު ހުށަހަޅުއްވާފައިވާ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް" އަށް ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
މި ދެބިލަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެއިދާރާއިން އެދިފައި ވެއެވެ.
މި ދެ ބިލަކީ ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް އަމާޒުކޮށްފައިވާ މުހިންމު ދެ ބިލު ކަމަށްވުމާއެކު، އާންމުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމުގައި މަޖިލީހުގެ އިދާރާއިން ފާހަގަކުރައްވާފައި ވެއެވެ.
ރިއެކްޝަންސް






