
މުޖުތަމަޢުގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާ: އިޖުތިމާޢީ ވުޒާރާ
ފާއިތުވެދިޔަ އަހަރު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ މައްސަލަ ކަމަށް އެވުޒާގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.
އެގޮތުން އެވުޒާރާއަށް މިދިޔަ އަހަރު ހުށަހެޅި 2855 މައްސަލައިގެ ތެރެއިން 1510 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ މައްސަލަތައް ކަމަށް މިނިސްޓަރ އާއިޝަތު ޝިހާމް ވިދާޅުވުއެވެ. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުުވުމަކީ އެވުޒާރާގެ މައިގަނޑު އެއް މަސައްކަތެވެ. މިފަދަ އަނިޔާއާ ގުޅޭ 511 މައްސަލަ ހުށަހަޅާފައިވެއެވެ,އޭގެތެރެއިން 436 މައްސަލައަކީ އަންހެނުންނަށް ކޮށްފައިވާ އަނިޔާއާ ގުޅޭ މައްސަލަތައް ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.
ފާއިތުވެދިޔަ އަހަރު އިޖުތިމާއީ އެހީތެރިކަން ބޭނުންވާ 14 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއްވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ ފަރާތްތަކާ ގުޅޭ 199 މައްސަލަ މިދިޔަ އަހަރު ހުށަހަޅާފައިވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.
ފާއިތުވެދިޔަ އަހަރު އެމިނިސްޓްރީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 359 މައްސަލައަކީ އާއިލީ މައްސަލަތަކެވެ. އާއިލީ މައްސަލައިގެ ތެރޭގައި އެންމެ ގިނައީ ދަރިންނާ ބައްދަލު ނުކުރެވޭ މައްސަލައާއި ބެލެނިވެރިކަމާއި ގުޅުން ހުރި މައްސަލަތައް ކަމަށް މިނިސްޓްރީން މައުލޫމާތުދެއްވިއެވެ.
ރިއެކްޝަންސް






