
ޖޫން މަހު މުޅި މާލެއިން ކަރަންޓް ކެނޑުނު މައްސަލައިގެ ތަހުގީގު ކުރިއަށްދޭ- ފުލުހުން
މިއަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު މުޅި މާލެއިން ކަރަންޓް ކެނޑުނު މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިއަދު އަނެއްކާވެސް މުޅި މާލެއާއި ހުޅުމާލެއިން ތިން ގަޑިއެއްހާއިރަށް ކަރަނަޓް ކެނޑިފައި ވަނިކޮށެވެ. މީޑިޔާ ގްރޫޕްގައި ފުލުހުން ހިއްސާކުރެއްވި މެސެޖްގައި ވިދާޅުވީ މިއަހަރުގެ ޖޫން 1 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު ވަނީ އެއްކުރެވިފައި ކަމަށެވެ އަދި މި މަޢުލޫމާތައް ބަލައި ފުލުހުން އެ މައްސަލަ ދަނީ އިތުރަށް ތަޙްޤީގު ކުރަމުން ކަމަށް ވިދާޅުވިއެވެ.
"ތަޙްޤީގު އެއްކޮށް ނިމުމުން ތަޙްގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްޞާކޮށްދޭނެ ވާހަކަ ދަންނަވަން." ފުލުހުން ވިދާޅުވިއެވެ.
އެދުވަހު ކަރަންޓް ކެނޑުމުން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް, ތަހުގީގީ އިދާރާތަކަށް އެންގެވީ ރައީސުލްޖުމްހޫރިއްޔާއެވެ. އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ޕޯސްޓެއްވެސް ކުރެއްވިއެވެ.
ރިއެކްޝަންސް






