ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވި ކާރެއް ހުއްޓަން އެންގުމުން ފުލުހުންގެ ސައިކަލްގައި ޖައްސައިފި
ފުލުހުން މީގެކުރިން ހުޅުމާލެ މަގުމަތީގައި ހަރަކާތްތެރިވަނީ: ފޮޓޯ-ދިވެހި ފުލުހުންގެ ޚިދުމަތް

ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވި ކާރެއް ހުއްޓަން އެންގުމުން ފުލުހުންގެ ސައިކަލްގައި ޖައްސައިފި

ފުލުހަކަށް އަނިޔާވެ ފަރުވާދެނީ

8 months ago - 01:16
Aug 10, 2025 - 01:16
Advertisement
Advertisement

ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވި ކާރެއް ހުއްޓަން އެންގުމުން ފުލުހުންގެ ސައިކަލްގައި ޖެއްސި މައްސަލައެއްގައި މިރޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭގައި ހިނގި މިހާދިސާގައި ސައިކަލްގައި ތިބި ދެ ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެމުން ދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. އެކަމަކު ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ނުބުނެއެވެ. ކާރުން ސައިކަލްގައި ޖެއްސުމުން ސައިކަލް ވެއްޓި އަނިޔާވީ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މަޑުކުރަން އެންގުމުންވެސް އެކާރު ބާރު ސްޕީޑްގައި ދުއްވީ ހުޅުމާލެ ފޭސް 1 އަދި 2 ގައެވެ. ހައްޔަރުކުރީ ކާރުގައި ތިބި ފިރިހެނަކާއި އަންހެނެކެވެ. އޭގެތެރެއިން ކާރު ދުއްވަން އިނީ ފިރިހެން މީހާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގިނަ އިރުތަކެއްވެސް ވަންދެން ސީންގައި ހަރަކާތްތެރިވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement