ހަނިމާދޫން މަންމައަކާއި އަންހެން ދަރިއަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ހަނިމާދޫން ހައްޔަރުކުރި ދެމައިން / ފޮޓޯ: ޕޮލިސް

ހަނިމާދޫން މަންމައަކާއި އަންހެން ދަރިއަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި

1 year ago - 14:35
Advertisement
Advertisement

ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މަންމައަކާއި އޭނާގެ އަންހެން ދަރިއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ދެމީހުން ހައްޔަރުކުރީ ފުލުހުންގެ ނާކޮޓިކްސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ހައްޔަރުކުރެވުނު ދެމީހުންނަކީ އާމިނަތު (56 އަހަރު) އަދި ފާތިމަތު މާޔާ (25 އަހަރު) އެވެ. މި ދެމީހުންނަކީ ދެމައިންނެވެ. އެމީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވެއެވެ.

ފުލުހުން ބުނާ ގޮތުގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 189.69 ގްރާމެވެ. މި މައްސަލައާ ގުޅިގެން ހަނިމާދޫ ކޯޓުން ވަނީ އާމިނަތު ފަސް ދުވަހަށް އަދި މާޔާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން މި މައްސަލައިގެ ތަފްސީލު އެ އިދާރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވެއެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު ތަޙުޤީޤުތައް ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement