30 ރަށު ކައުންސިލަކަށާއި 2 އަތޮޅު ކައުންސިލަކަށް އެސްޖޭ އިން ހޯދުމަށް އިއުލާންކޮށްފި
މި ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 14 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން
ތިރީސް ރަށު ކައުންސިލަކަށާއި ދެއަތޮޅު ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް އިއުލާންކޮށްފި އެވެ.
ބައްތިރީސް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަން (ސީ.އެސް.ސީއި)ން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެސްޖީއިން ހޯދާ ދެ އަތޮޅު ކައުންސިލަކީ، ހއ. ދިއްދުގައި ހުންނަ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާއި ވ. ފެލިދުގައި ހުންނަ ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއެވެ. އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ އަސާސީ މުސާރައަކީ 12،130 ރުފިޔާ އެވެ.
އެސްޖީން ހޯދުމަށް އިޢުލާންކޮށްފައިވާ ރަށު ކައުންސިލް ތަކަކީ، ހއ. އަތޮޅު: ވަށަފަރު، މުރައިދޫ، ށ. އަތޮޅުމފޭދޫ، މަރޮށި އަދި ފީވަށް، ރ. އަތޮޅު ވާދޫ، މަޑުއްވަރީ، ރަސްމާދޫ، އަދ އިންނަމާދޫ އާއި ބ. އަތޮޅު ފުޅަދޫ، ފެހެންދޫ، އަދި ހިތާދޫ އާއި، ކ. ތުލުސްދޫ، އއ. އަތޮޅުން ތޮއްޑޫ އާއި މާޅޮސް، އދ. އަތޮޅު ދިއްދޫ އާއި ހަންޏާމީދޫ، ވ. އަތޮޅު ތިނަދޫ، ފެލިދޫ، އަދި ރަކީދޫ، މ. މަޑުއްވަރީ، ފ. ދަރަނބޫދޫ، ދ. އަތޮޅު ރިނބުދޫ، ކުޑަހުވަދޫ، އަދި މާއެނބޫދޫ ، ތ. އަތޮޅު ގާދިއްފުށީ އަދި ތިމަރަފުށި، ލ. އަތޮޅު ދަނބިދޫ އަދި ގއ. އަތޮޅު ކޮލަމާފުށްޓާއި ދެއްވަދޫގެ ރަށު ކައުންސިލްގެ އިދާރާ އެވެ.
މި މަޤާމްތަކުގެ ތެރެއިން ރަށު ކައުންސިލަށް ހޯދަން އިޢުލާންކޮށްފައިވާ ސެކްރެޓަރީ ޖެނެރަލުންގެ ފުރަތަމަ ރޭންކްގެ އަސާސީ މުސާރައަކީ 9،300 ރުފިޔާއެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 8،835 ރުފިޔާއެވެ. މިއީ ހުސް 5 އަހަރު ދުވަހުގެ މުއްދަކަށް އައްޔަނުކުރާ މަޤާމެކެވެ.
ރިއެކްޝަންސް