ފުޅާދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ވިއެޓްނާމު ދެ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަނުން ކުރި ޕޯސްޓުގައި އެޓޭޗްކޮށްފައިއިން ފޮޓޯއެއް: ބެލެވޭގޮތުގައި މިއީ އެމީހުންގެ އަތުން އަތުލައިގަނެވުނު ފައިސާ. ފޮޓޯ: އިމިގްރޭޝަން

ފުޅާދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ވިއެޓްނާމު ދެ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

2 months ago - 19:29
Advertisement

މާލޭގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުން ދިޔަ ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

 'އެކްސް'ގައި އިމިގްރޭޝަނުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެ ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

މިމައްސަލައިގެ އިތުރު ތަފްސީލެއްއިމިގްރޭޝަނުން ހާމައެއްނުކުރެ އެވެ. ނަމަވެސް އެ ޕޯސްޓުގައި އެޓޭޗްކޮށްފައިވާ ފޮޓޯގައި ގިނައަދަދެއްގެ ފައިސާ އަތުރާލާފައި ހުއްޓެވެ. ބެލެވޭ ގޮތުގައި އެއީ އެމީހުން ހަށިވިއްކައިގެން ހޯދި ފައިސާއިން އެއޮޕަރޭޝަންގައި ފެނުނު ފައިސާ އެވެ.

ސެލޫން އެންޑް ސްޕާ ތަކުގެ ނަމުގައި ހިންގާ ހަށިވިއްކާ ތަންތަނުގައި ގިނައިން އުޅެނީ ޓޫރިސްޓް ވިސާގައި އުޅޭ މީހުންނެވެ.

Advertisement

ހޯމް މިނިސްޓަރު އަލީ އިހުސާން މިއަހަރުގެ ފެބުރުއަރީ މަހު ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގައި ހަށިވިއްކުމަށް މަސާޖު ޕާލާ ތަކުގެ ނަމުގައި  ހިންގާ 111 ހިންގާ ކަމަށާއި އެފަދަ ތަންތަން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި އުލޭ ބިދޭސިން ގަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ވެސް ކުރަމުންގެންދެ އެވެ. އަދި ހޮޓާތަކާ ކެފޭތައް އަދި ކަންމަތީ ފިހާރަތައް ވެސް ހިންގަ އެވެ. މީގެ އިތުރުން ބޭރު މީހުން ނިންދެވުމުގެ މަސައްކަތް މުޅިން ވެސް ކުރަނީ ބިދޭސީންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement