ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކާ ގުޅޭ އިޚްތިޔާރީ ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކާ ގުޅޭ އިޚްތިޔާރީ ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފި

48 minutes ago - 18:14
Advertisement
Advertisement

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާގެ އިޚްތިޔާރީ ޕްރޮޓޮކޯލް ("އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީޒް") ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.


ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، މި ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މައި މުޢާހަދާ 5 އެޕްރީލް 2010 ގައި ރާއްޖެއިން ތަޞްދީޤުކޮށްފައިވީ ނަމަވެސް، މިއަދާ ހަމައަށްވެސް މި އިޚްތިޔާރީ ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވެފައެއް ނުވެއެވެ. އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ދިވެހިރާއްޖެ ރިވިއުކުރެވުނުއިރު، ވީއެންމެ އަވަހަކަށް މި ޕްރޮޓޮކޯލް ތަޞްދީޤުކުރުމަށް ރާއްޖެއަށް ތަކުރާރުކޮށް ލަފާއަރުވާފައިވެއެވެ.


މި ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ނިންމެވި ނިންމެވުމަކީ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދީ، އެފަރާތްތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement