
ފުވައްމުލަކުން ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް ނެގި މައްސަލައެއް ބަލަނީ
ފުވައްމުލަކުން ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް ނެގި މައްސަލައެއް ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ ބަލަމުން ދަނީ 130 އަށްވުރެ ގިނަ ސިނގިރޭޓް ކޭސް ވަގަށް ނެގި މައްސަލައެއް ކަމަށެވެ.
ސިނގިރޭޓް ކޭސްތައް ވަގަށް ނެގީ ފުވައްމުލަކު ޔޫރޯ ސްޓޯރުގެ ގުދަނުންނެވެ. ނަމަވެސް މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ. އެކަމަކު މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުންނ ބުންޏެވެ.
ސިނގިރޭޓް ކާޓޫނު ތަކެއް ވަގަށް ނަގާފައި މިވަނީ ސިނގިރޭޓްގެ ޑިއުޓީ އަގުބޮޑުކުރުމާ ގުޅިގެން, ސިގިރޭޓް ވިއްކާ އަގު ވަރަށް ބޮޑުތަނުން ބޮޑުވެފައި ވަނުކޮށެވެ. ސަރުކާރުން އެފިޔަވަޅު އެޅުއްވީ ދުންފަތާ ދުރުކުރުވުމުގެ ބޭނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް






