ވޭޕާ ގުޅޭ 15 މައްސަލައެއްގައި މިދިޔަމަހު މަހު 22 މީހަކު ޖޫރިމަނާކުރި: ފުލުހުން

ވޭޕާ ގުޅޭ 15 މައްސަލައެއްގައި މިދިޔަމަހު މަހު 22 މީހަކު ޖޫރިމަނާކުރި: ފުލުހުން

ޖޫރިމަނާގެ ގޮތުގައި 127,000 ރުފިޔާ

18 hours ago - 13:40
Aug 5, 2025 - 13:43
Advertisement
Advertisement

ވޭޕާ ގުޅޭ 15 މައްސަލައެއް ފާއިތުވި ޖުލައި މަހު ހުށަހެޅިފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. އަދި ވޭޕް މަނާކުރުމަށް އެކަށައެޅިފައިވާ ޤަވާއިދު ތަކުގެ ތެރެއިން 22 ފަރާތެއް ޖޫރިމަނާ ކޮށްފައިވާކަމަށްވެސް ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ. 

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ވޭޕް އާއި އީ-ސިގިރެޓް ގަނެވިއްކުމުގެ 1 މައްސަލަ އާއި, ވޭޕް ގެންގުޅުމުގެ 8 މައްސަލައެއްގެ އިތުރުން ވޭޕް ބޭނުންކުރުމުގެ 6 މައްސަލައެކެެވެ.

އެގޮތުން ވޭޕް ބޭނުންކޮށްގެން ކުރި ޖޫރިމަނާގެ އަދަދުގެ ގޮތުގައި 62,000 ރުފިޔާ ވަނީ ހިމަނާފައެވެ. މީގެ އިތުރުން  ވޭޕް ގަނެވިއްކުމުގެ ކުށުގެ ޖޫރިމަނާގެ ގޮތުގައި 7,000 ރުފިޔާ ހިމަނާފައިވާއިރު, ވޭޕް ގެންގުޅު ފަރާތްތަކުގެ ޖޫރިމަނާގެ ގޮތުގައި 58,000 ރުފިޔާ ވަނީ ހިމަނާފައެވެ.

Advertisement
Advertisement

ވޭޕާ ގުޅޭގޮތުން މިދިޔަ މަހު ކޮށްފައިވާ ޖޫރިމާނާ ތަކުގެ ޖުމްލަ އަދަދަކީ 127,000 ރުފިޔާއެވެ.

ފުލުހުންގެ ފަރާތުން ވަނީ އާންމުސިއްހަތާ ގުޅުންހުރި ޤަވާއިދުތަކަށް އާންމުން އަހުލުވެރިވެ, ފަރުދުންނާއި މުޖުތަމައުގެ ސިއްހަތުގެ ސަލާމަތަށްޓަކައި ޛިންމާދާރު ގޮތް އިޙްތިޔާރުކުރުމަށް ގޮވާލާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement