ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް އޯގާތެރިވުމަކީ ދީނީ އަދި އިންސާނީ މަސްއޫލިއްޔަތެއް: ރައީސް

ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް އޯގާތެރިވުމަކީ ދީނީ އަދި އިންސާނީ މަސްއޫލިއްޔަތެއް: ރައީސް

2 hours ago - 14:54
Advertisement
Advertisement

ދިވެހި މުޖުތަމަޢުގައި ޑައުން ސިންޑްރޯމްގެ އެކި ޙާލަތްތައް ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކާއި މީހަކަށް ހެޔޮކޮށް ހިތުމަކީ، މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ ކޮންމެ ދިވެހި ރައްޔިތަކު އުފުލަންޖެހޭ މަސްއޫލިއްޔަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ފެންނަންހުރި އިރުޝާދުތަކުން، މުޖުތަމަޢުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އޯގާތެރިވުމުގެ މުހިންމުކަން ހާމަވާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އެހީތެރިވުމަކީ ބޮޑުވެގެންވާ ދަރުމައާއި އަޖުރުލިބޭނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މުސްލިމަކަށް ވީތީ ކުރެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އަދި ދެމިހުންނަނިވި ޞަދަޤާތަކީ މުހުތާދުތަކުގައި ޖެހިފައިވާ އަޚުންނާއި އުޚުތުންނަށް އަޅައިލުން ކަމަށެވެ. މިއަހަރުގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އެއްވެސް ފަރާތެއް މުޖުތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މި ސަރުކާރުން ވޭތުވެދިޔަ ތަނުގައި މި އަމާޒަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނޭ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެންމެން ޝާމިލުވާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ އިސް ސިޔާސަތުކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ މެސެޖެއް ދެއްވާފައެވެ. އެކަމަނާ ވިދާޅުވީ ކޮންމެ މީހަކަށްވެސް ދިރިއުޅުން ތަޖުރިބާކުރެވޭ ގޮތް ތަފާތުވާނެ ކަމަށާއި، އެއީ ބަލިކަށިކަމެއް ނޫން ކަމަށެވެ. ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަކީ ލޯތްބާއި އޯގާތެރިކަން އެކުލެވިގެންވާ ބައެއްކަން ފާހަގަކުރައްވައި، އެފަރާތްތައް އެކަހެރިވިޔަ ނުދީ މުޖުތަމަޢުގައި ބައިވެރިކުރުމުގެ މުހިންމުކަން އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

Advertisement
Advertisement

 

                   

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement