ވިނަރެސްގެ އެޕާރޓްމަންޓެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި
ވިނަރެސްގެ އަލިފާނުގެ ހާދިސާގައި ރޯވި އެޕާރޓްމަންޓް: ފޮޓޯ-އެމްއެންޑީއެފް

ވިނަރެސްގެ އެޕާރޓްމަންޓެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި

10 months ago - 10:11
Jun 23, 2025 - 10:12
Advertisement
Advertisement

ވިނަރެސްގެ އެޕާރޓްމަންޓެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފިއެވެ. އަލިފާނުގެ ހާދިސާ ހިނގީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓްގެ 9 ބީ ބްލޮކްގެ 13 ވަނަ ފަންގިފިލާގެ، 6ވަނަ އެޕާޓްމަންޓުގައެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށެވެ. ނަމަވެސް އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކްބެޑެއްގެ ގޮދަޑިއެއް އަނދާފައިވާ ކަމަށާއި, އޭގެ އިތުރުން، މުޅި އެޕާޓްމަންޓަށް ކަޅު ދުމުގެ އަސަރުކޮށް، ކޮޓަރިތެރޭގައި ހުރި ފަރުނީޗަރުތަކަށާއި އޭސީއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

އަލިފާން ނިއްވާލާފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ އެޕާޓްމަންޓަށް ވަދެއެވެ. އެމްއެންޑީއެފްއަށް ރިޕޯރޓް ލިބުނީ މިއަދު ހެނދުނު 7:41 ހާއިރު ކަމަށެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަމުންދާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement