އަލޮންސޯ އާއެކު ރެއާލްގެ ފުރަތަމަ މޮޅު, ސިޓީ އަދި ޔުވެންޓަސް ވެސް މޮޅު
މެޗުގައި ރެއާލްގެ ފުރަތަމަ ދެ ގޯލް ކާމިޔާބުކޮށްދިން ޖޫޑް އަދި ގުލާ

އަލޮންސޯ އާއެކު ރެއާލްގެ ފުރަތަމަ މޮޅު, ސިޓީ އަދި ޔުވެންޓަސް ވެސް މޮޅު

5 hours ago - 09:40
Jun 23, 2025 - 09:46

ފީފާ ކްލަބް ވޯޑްކަޕްގައި ރެއާލް މެޑްރިޑް އިން އާ ކޯޗު ޒަބީ އަލޮންސޯގެ އިރުޝާދުގެ ރެއާލްގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. ގްރޫޕް އެޗްގައި ރޭ ރެއާލްއިން މެކްސިކޯގެ ޕަޗޫކާ 3-1 ން ބަލިކޮށް ވަނީ މުބާރާތުން ކަޓުވާލާފައެވެ. މިއީ މި މުބާރާތުގައި ވެސް ރެއާލްގެ ފުރަތަމަ މޮޅެވެ.

ގްރޫޕް އެފް ގައި އިއްޔެ ޔުވެންޓަސްއިން މޮރޮކޯގެ ވައިދަދް ކަސަބްލަންކާ 4-1 ން ވަނީ ބަލިކޮށްފައެވެ. ހަމަ އެ ގްރޫޕްގެ މެޗެއްގައި މިއަދު ހެނދުނު މެންޗެސްޓަރ ސިޓީން ޔޫއޭއީގެ އަލް-އައިން ބަލިކުރީ 6-0 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް އެޗްގައި ސައުދީގެ އަލް-ހިލާލް އިން އޮސްޓްރޭލިއާގެ އެފްސީ ސަލްޒްބާގް އާ ބައްދަކުކުރި  މެޗު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވި އިރު, މުބާރާތުގައި އަލް-ހިލާލް ކުޅުނު ދެ މެޗުންވެސް ވަނީ އެއްވަރުވެފައެވެ.

ރެއާލް އާއި ޕަޗޫކާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ފުރަތަމަ ދެ ގޯލް ކާމިޔާބުކޮށްދިނީ މެދުތެރެއަށްކުޅޭ ޖޫޑް ބެލިންގްހަމް އަދި އަރްދާ ގުލާއެވެ. މެޗުގެ އެންމެ 7 ވަނަ މިނިޓްގައި ރެއާލްގެ ޑިފެންޑަރު ރައުލް އަސެންސިއާއަށް ދެއްކި ރަތްކާޑާއެކު ރެއާލުން މުޅި މެޗު ކުޅުނީވެސް ދިހަ ކުޅުންތެރިންނާއެކުއެވެ.

Advertisement
Advertisement

ނޯތު ކެރޮލީނާގައި ކުޅުނު މި މެޗުގައި ޕަޗޫކާގެ ހަމައެކަނި ގޯލް 80 ވަނަ މިނިޓްގައި ކާމިޔާބުކުރިއިރު, ރެއާލްގެ ތިންވަނަ ގޯލް އޭގެ ދިހަ މިނިޓް ކުރިން ފެޑްރީކޯ ވަލްވާޑޭ ވަނީ ކާމިޔާބުކޮށްފައެވެ. މެޗުގައި ރެއާލްގެ ކީޕަރު ތިބޯޓް ކޯޓުއާ ވަނީ ރަނގަޅު ދިހަ ސޭވެއް ކޮށްފައެވެ. 

މެންޗެސްޓަރ ސިޓީން އަލް-އައިން ބަލިކުރި މެޗުގައި އިކާއި ގުންޑޯގަން ވަނީ 2 ގޯލް ކާމިޔާބުކޮށްފައެވެ. ވައިދަދްގެ އާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ސިޓީގެ ފަރާތުން ފެނުނު މި މެޗުގައި ސިޓީގެ އިތުރު ގޯލްތައް ކާމިޔާބުކޮށްފައިވަނީ ކްލައުޑިއޯ އެޝެވޭރީ, އާލިން ހާލަންޑް, އޮސްކާ ބޮބް އަދި ރާޔަން ޝެރްކީ އެވެ. މީގެ ތެރެއިން ހާލަަންޑްގެ ގޯލަކީ ޕެނަލްޓީއެވެެ. ބޮބް ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައިމިވަނީ އަނިޔާގައި ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރުމަށް ފަހުއެވެ.

ޔުވެންޓަސްއާއެކު ގްރޫޕް ޖީގެ ދެވަނައިގައި ދެވަނަބުރުގެ ޖާގަ ކަށަވަރުކޮށްގެން އޮތް މެންޗެސްޓަރ ސިޓީ ދެވަނަ ބުރުގައި ރެއާލްއާ ދެކޮޅަށް ނިކުންނަންޖެހޭ ޖެހުމުން ރެކުމަށް ގްރޫޕްގެ އެއްވަނަ ހޯދުން އެޓީމަށް މުހިއްމުވާނެއެވެ. ސިޓީ މިވަގުތު ދެވަނައިގައި އޮތީ ޔުވެންޓަސް އާއެއްވަރަށް ޕޮއިންޓް ހޯދައިގެންނެެވެ. 

ރޭ ޔުވެންޓަސްއިން ކަސަބްލަންކާ ބަލިކުރި މެޗުގައި ކެނާން ޔިލްޑިޒް ވަނީ އެޓީމަށް ދެ ގޯލް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ހަވަނަ މިނިޓްގައި ޔުވެންޓަސްގެ ފުރަތަމަ ގޯލަކީ ކަސަބްލަންކާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވައިން ގޯލެކެވެ. ޔިލްޑްގެ އިތުރުން ޔުވެންޓަސްގެ ގޯލްތައް ކާމިޔާބުކުރީ ތެއުން ކޫޕްމެއިނާސް އަދި އިތުރު ވަގުތުގެ ޕެނަލްޓީން ޑުސާން ވްލްހޮވިވް އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow