އަހަރެން ސިޓީ ދޫކޮށްލީ އާ ޗެލެންޖެއް ބޭނުންވާތީ: އަލްވަރޭޒް
އަލްވަރޭޒް ސިޓީގައިވެސް ބޭނުން ކުރާނީ 19 ނަމްބަރު

އަހަރެން ސިޓީ ދޫކޮށްލީ އާ ޗެލެންޖެއް ބޭނުންވާތީ: އަލްވަރޭޒް

ސިޓީގައި އަލްވަރޭޒް ހޭދަކުރީ ދެ ސީޒަން

1 month ago - 11:25
Aug 18, 2024 - 12:29

އެތްލެޓިކޯ މެޑްރިޑަށް ބަދަލުވީ އާ ގޮންޖެހުމެއް ބޭނުންވާތީ ކަމަށް އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ބުނެފިއެވެ. އެންމެ ދެ ސީޒަނަށްފަހު މެންޗެސްޓަރ ސިޓީ ދޫކޮށް އެތްލެޓިކޯ މެޑްރިޑާ ގުޅުމަށްފަހު އަލްވަރޭޒް ބުނީ ކްލަބް ބަދަލުކުރީ ކްލަބް ބަދަލުކުރަން ޖެހޭ ކަމުގެ އިހުސާސެއް ކުރެވުމުން ކަމަށެވެ.

ސިޓީ އާއެކު ޖޫން 2028 އާ ހަމައަށް އެއްބަސްވުން ހަދާފައި ވީނަމަވެސް, އަލްވަރޭޒް އެތްލެޓިކޯ މެޑްރިޑަށް މިހަފްތާގެ ކުރީކޮޅު ބަދަލުވެފައި ވަނީ ހަފްތާއަކު 82 މިލިއަން (104 މިލިއަން ޑޮލަރު) ޕައުންޑަށެވެ 

އެތްލެޓިކޯ މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި އަލްވަރޭޒް ތައާރަފް ކުރި ހަފްލާގައި ވާހަކަދައްކަމުން ހުކުރު ދުވަހު އަލްވަރޭޒް ބުނީ ކެރިއަރަށް ބަދަލެއް ގެންނަންޖެހޭކަމަށް އިހުސާސް ކުރެވުނީ ކަމަށެވެ. 

"އަހަރެން ބޭނުންވީ އާ ގޮންޖެހުމެއް. އަދި އަހަރެން ގަބޫލުކުރަނީ އަހަރެންގެ އެންމެ މަތީ ފެންވަރު ދައްކާލުމަށް ބޭނުންވާ ވަސީލަތްތައް މި ކްލަބްގައި ހުރިކަމަށް"- އަލްވަރޭޒް ބުންޏެވެ.

Advertisement

އަލްވަރޭޒް މިދިޔަ ސީޒަންގައި ސިޓީއަށް 54 މެޗުން 19 ގޯލް ޖަހައިދިންނަމަވެސް ސިޓީގެ އެއްވަނަ ފޯވާޑް އާލިން ހާލަންޑްގެ ޖެހި ގޯލްގެ އަދަދާ އެއްވަރުކުރެވޭ ގޮތެއްނުވިއެވެ. 

އަލްވަރޭޒް ބުނީ އޭނާ އެތްލެޓިކޯއަށް ބަދަލިވީ އެ ޓީމަށް އެހީވާން ކަމަށެވެ. އަދި އެތްލެޓިކޯއަށް ހުރިހާ ތައްޓެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށް ބުންޏެވެ. އޭނާ ބުނީ އެތްލެޓިކޯއަށް ބަދަލުވެ އޭނާ ހުރީ ވަރަށް އުފަލުން އަޒުމުވަރުގަދަކޮށް ކަމަށެވެ. 

"އަހަރެން ވާހަކަ ދެއްކިން (ޑިއެގޯ) ސިމިއޯނީ އާ. އޭނާ އަހަރެން މި ކްލަބަށް ގެންނަން ބޭނުންވާ ވާހަކަ ބުނި. އޭނާ ބުނި އަހަރެން ކްލަބަށް އެހީވާއިރު އެމީހުންވެސް ޓީމެއްގެ ގޮތުގައި އަހަރެންގެ ހުނަރު ތަރައްގީކޮށް އަހަރެން އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަމުގަ އެހީތެރިވާނެކަމަށް. އަހަރެންގެ އަޒުމަކީ އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދެއްކުން އަދި އަހަންނާއެކު މޮޅުވެ, އެތްލެޓިކޯ އެންމެ މަތީ ހަރުފަތަށް ގެންދިއުން"

24 އަހަރުގެ ފޯވާޑް ކެރިއަރުގައި މިހާތަނަށް 6 ތަށި ކާމިޔާބުކޮށްފައި ވެއެވެ. އޭގެތެރޭގައި ދެ ޕްރިމިއަރ ލީގު ތައްޓާއި, އެއް ޗެމްޕިއަންސް ހިމެނެއެވެ. މީގެ އިތުރުން 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރި ޓީމާއި, ކޮޕާ އެމެރިކާ ކާމިޔާބު ކުރި އާޖެންޓީނާގެ ޓީމުގައިވެސް އަލްވަރޭޒް ހިމެނެއެވެ.

"ސިޓީ ގައި އަހަންނަށް ވަރަށް ބައިވަރު އެއްޗެހި ދަސްވި. އަހަރެން ވަރަށް ޝުކުރުވެރިވަން ސިޓީގައި އަހަރެން ހޭދަކުރަން ލިބުނު ދެ އަހަރާމެދު"- އަލްވަރޭޒް ބުންޏެވެ. 

އަލްވަރޭޒް ބުނީ ގާޑިއޯލާ އާއި ސިމިނޯއީ އަކީވެސް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ކޯޗުން ކަމަށެވެ. އެތްލެޓިކޯއިން އެމީހުންގެ ލަލީގާ ކެމްޕެއިން ފަށާނީ މިމަހުގެ 19 ވަނަ ދުވަހު ވިޔަރެއާލް އާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow