 
                                    ލޮސް އެންޖެލެސް އެފްސީ އަތުން ޗެލްސީއަށް މޮޅެއް
ފީފާ ކްލަބް ވޯލްޑްކަޕްގައި ރޭ އެމެރިކާގެ ލޮސް އެންޖެލެސް އެފްސީގެ މައްޗަށް 2-0 ން ޗެލްސީ ކުރި ހޯދައިފިއެވެ. މިއީ ގްރޫޕް ޑީ ގެ ފުރަތަމަ މެޗެވެ.
އަސްލު ފެންވަރު ނުދެއްކުނަސް މެޗުގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކިއެވެ. މެޗު ފެށިގެން ގާތްގާތުގައި ޗެލްސީގެ ނިކޮލަސް ޖެކްސަން އަދި ނޮނީ މަޑުއެކޭ ވަނީ ދެފަހަރެއްގަ މަތިންލޮސް އެންޖެލެސް ގެ ގޯލަށް ނުރައްކާ ކޮށްފައެވެ.ނަަވެސް ކީޕަރު ހޫގޯ ލޮރިސް ވަނީ ދެފަހަރުވެސް ހަމަލާތައް ދިފާއުކޮށްފައެވެ.
ޗެލްސީން ފުރަތަމަ ލީޑު ނެގީ މެޗުގެ 34 ވަނަ މިނިޓްގައެވެ. ޕެޑްރޯ ނޭޓޯ ޗެލްސީގެ ފުރަތަމަ ގޯލް, ގޯލްގެ ތިރީ ކަނަށް ފޮނުވާލީ ނިކޮލަސް ޖެކްސަން ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
ޗެލްސީގެ ދެވަނަ ގޯލް 79ވަނަ މިނިޓްގައި އެންޒޯ ފެނާންޑޭޒް ކާމިޔާބުކޮށްދިނީ ލިއަމް ޑެލަޕްގެ އެހީތެރިކަމާއެކުއެވެ.
ލޮސް އެންޖެލެސް އެފްސީން ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިނަމަވެސް ޗެލްސީގެ ޑިފެންސުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. ގޯލާ އަމާޒުކޮށް ލޮސް އެންޖެލެސް އަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ. ނަމަވެސް ކީޕަރު ރޮބާޓް ސަަންޗޭޒް ވަނީ ހަމަލާތައް ދިފާއުކޮށްފައެވެ.
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    

 
                                                                                                                                             
                                                                                                                                             
                                                                                                                                            
