
އީރާނުގެ ޓީވީ ސްޓޭޝަނެއްނައްތާލާނެކަމަށްބުނެ އިޒްރާއިލްއިން އެތަނަށް ބޮންއަޅައިފި
ބޮން އެޅިއިރު ހަބަރުކިޔަންހުރި ސަހަރް އެމާމީ ވަނީ ކުޑައިރުކޮޅެއް ފަހުން އަލުން ލައިޥް ޓީވީއަށް އަރާފައި
އީރާންގެ ދައުލަތުގެ މީޑީއާ އައިއާރުއަބީގެ ލައިވް ބްރޮޑްކާސްޓިން ކުރިއަށް ދަނިކޮށް އިޒްރާއިލްއިން ޓީވީ ސްޓޭޝަނަށް ބޮންއަޅައިފިއެވެ. އޭގެ ކުރިން އިޒްރާއިލްއިންވަނީ އީރާނުގެ ދައުލަތުގެ ޓީވީ ސްޓޭޝަން ނަައްތާލާނެކަމަށް ބުނެ އިންޒާރުވެސް ދީފައެވެ.
އިޒްރާއިލްއަކީ ނޫސްވެރިންނަށާއި މީޑިއާއަށް ބިރުދެއްކުމުގެ ދިގު ތާރީޙެެއް އޮތް ބައެކެވެ. މީގެ ކުރިން ޣަައްޒާ, ލުބުނާން އަދި ހިފާފައިވާ ހުޅަނގު އައްސޭރީގައިވެސް މީޑިއާތައް ނައްތާލަން އިޒްރާއިލްއިން ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ.
ހޯމަ ދުވަހު ސްޓޭޝަނަށް ހަމަލާ އަމާޒުވިއިރުވެސް ޓީވީ ހުށަހެޅުންތެރިޔާ ސަހަރް އެމާމީ އިނީ އިޒްރާއިލްއިން އީރާނަށް ދޭ ހަމަލާތަކުގެ މައުލޫމާތު ހާމަކޮށްދިނުމުގައެވެ. ކުއްލިއަކަށް ސްޓޭޝަނަށް އެރި ހަމަލާއާއެކު ދުންގަނޑާއެކު އިމާތާރުގެ ބައިތައް ބުރައިގެން ދިޔަތަށް ސްކްރީންތަކުން ފެނިގެން ދިޔައެވެ.
ދެން ފެނުނު ފޫޓްޖް ގައި ފެންނަނީ ސަހަރް الله އަކްބަރު އޭ ގޮވަމުން ސްޓޫޑިއޯއިން ނިކުންނަ މަންޒަރެެވެ.
ހަމަލާ ދިނުމުގެ ކުޑައިރުކޮޅެއް ކުރިން އައިއާރުއައިބީ ގެ މައި މަރުކަޒު ހުންނަ ވެރިރަށް ތެޙްރާންގެ ޑިސްޓްރިކްޓް ތިނަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިޒްރާއިލްއިންވަނީ ދީފައވެެ.
"އީރާނުގެ ޕްރޮޕެގެންޑާ އަދި އިރާނުގެ ދޮގު ވާހަކަތައް ގެންސްދޭ މެޝިން ނައްތާލުމުގެ މަގުމަތީގައި" ހަމަލާގެ ކުރިން އިޒްރާއިލްގެ ޑިފެންސް މިނިސްޓަރު ބުނެފައި ވެއެވެ.
އިރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމައިލް ބަގާއޭ ވަނީ އިޒްރާއިލްއިން އީރާނުގެ މައި ޓީވީ ސްޓޭޝަނަށް ދިން މިހަމަލާ ވަރަށް ބޮޑަށް ކުށްވެރިިކޮށް "އިޒްރާއިލް އަކީ ނޫސްވެރިންނާއި މީޑިއާގެ މީހުން މަރާ އެއްވަނަ" ކަމުގައި ބުނެފައެވެ.
ރިއެކްޝަންސް






