
އިޒްރާއިލް-އީރާން ހަނގުރާމަ އާއެކު ސަރަހައްދީ ވައިގެ ބަދަރުތަކާއި ބޯޑަރުތައް ބަންދުކުރަނީ!
އީރާންގެ ވައިގެ ސަރަހައްދު ވެސް އޮތީ މުއްދަތެއްނެތްގޮތަށް ބަންދުކޮށްފައި
އިޒްރާއިލްއާއި އީރާން އާ ދެމެދު ފަށާފައިފައި ހަނގުރާމަ ހޫނުވެ އީރާން އާއި އިޒްރާއިލްގެ އިތުރުން ސަރަހައްދީ ގިނަ ގައުމުތަކެއްގެ ވައިގެ ބަނދަރުތަކާއި ބޯޑަރުތައް ބަންދުކޮށް, ގިނަ ފްލައިޓްތަކެއް ދަނީ ކެންސަލް ކުރަމުންނެވެ.
މިއަދުގެ ވަގުތެއްގައި އީރާނާއި ބޯޑަރު ހިއްސާކުރާ ޕާކިސްތާނުން އެއްގަމު މަގުން ވަކިކުރެވިފައިވާ ބޯޑަރުވެސް މުއްދަތެއްނެތް ގޮތަށްވަނީ ބަންދުކޮށްފައެވެ.
އިޒްރާއިލްގެ ހަމަލާތަކާހުރެ އީރާންގެ ވައިގެ ސަރަހައްދު ފަސިންޖަރުންގެ ސަލާމަތަށްޓަކައި މުއްދަތެއްނެތް ގޮތަށް ބަންދުކުރެވިފައިވާކަމަށް އީރާނުގެ ސިވިލްއޭވިއޭޝަން އޮތޯރިޓީއާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވެއެވެ. "އީރާނުގެ ވައިގެ ސަރަހައްދު ވަކި އެއްޗެއް އަންގަންދެން ބަންދު" ސިވިލްއޭވިއޭޝަނުން ބުނެފައި ވެއެވެ.
ހަމަލާތައްފެށި އިޒްރާއިލް ގެ މައި ވައިގެ ބަނދަރު ބެން ގޫރިއެން ވެސް ވަނީ ވަކި އެއްޗެއް އަންގަންދެން ބަަންދުކޮށްފައެވެ. އިޒްރާއިލްގެ ގައުމީ މަތިންދާބޯޓު އެލް އަލް އެއަރލައިންގެ ހުރިހާ ބޯޓެއްގެ ދަތުރުތައްވެސް ވަނީ ބުރާސްފަތި ދުވަހާ ހަމައަށް ކެންސަލްކޮށްފައެވެ.
އުރުދުންގެ ވައިގެ ސަރަހައްދުވެސް ވަނީ އާދިއްތަ ދުވަހު ބަންދުކޮށްފައެވެ. ނަމަވެސް އުރުދުންއާއި އިޒްރާއިލް ގެ އެއްގަމު މަގުގެ ތިން ދޮރާއްޓެއް އަދިވެސް އޮތީ ހުޅުވާލާފައެވެ. އިޒްރާއިލްއިން އެގައުމުގެ ރައްޔިތުން އުރުދުންނާއި މިޞްރު މެދުވެރިކޮށްވެސް ދަތުރުނުކުރުމަށް ވަނީ އިލްތިލާސްކޮށްފަވެ. މީގެ އިތުރުން އިޒްރާއިލްގެ ރައްޔިތުން ގްރީސް އަދި ސައިޕްރަސްއަށް އަށްވެސް ދަތުރުކުރުން މިވަގުތު 'ރެކޮމެންޑް' ނުކުރާކަމަށް އިޒްރާއިލްގެ އިދާރާތަކުން ވަނީ ބުނެފައެވެ.
ހަނގުރާމަ ހޫނުވެ ގިނަ ގައުމުތަކަކުން ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގައި ތިބި އެގައުމުތަކުގެ ރައްޔިތުން އަނބުރާ ގެންދެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އީރާންގައި ތިބި އިންޑިއާގެ ދަރިވަރުން އެގައުމުން އަނބުރާ ގެންދެވޭތޯ އިންޑިއާގެ ޑިޕްލޮމެޓުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ރައްޔިތުންގެ ސަލާމަތަށް ބައެއް ފަރާތްތައް މިހާރު ތިބީ އެމްބަސީ ތަކުގައި ހިމާޔަތް ދީގެންނެވެ.
އީރާނުގެ ވެރިރާށް ތެހްރާންއަށް ރަޝިއާގެ ވެރިރަށް މޮސްކޯ ގެ ފްލައިޓްތައް ކެންސަލް ކޮށްފައިވާއިރު ބައެއް ދަތުރުތައް އެހެން އެއަރޕޯޓްތަކަށް ވަނީ ބަދަލުކޮށްފައެވެ. ޤަތަރުން އީރާން , އިރާޤު އަދި ސީރިއާއަށް ކުރާ އެންމެހާ ދަތުރުތައްވެސް ވަގުތީގޮތުން ވަނީހުއްޓާލާފަެވެ.
ރިއެކްޝަންސް






