
ރެފްރީއާއި ދިމާކޮށްލުމުން ލިވަޕޫލްގެ ކޯޗު ސްލޮޓަށް ދެ މެޗުގެ ސަސްޕެންޝަނެއް
ވުލްވްސްއާއި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ
އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ވާދަކުރި މެޗުގައި ރެފްރީއާ ދިމާކޮށްލުމުގެ ސަބަބުން ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓަށް ދެ މެޗުގެ ސަސްޕެންޝަނެއް ދީފިއެވެ.
ފޯރިގަދަ ކުޅުމަކަށް ފަހު 2-2 އިން އެއްވަރުވި މެޗު ނިމުމާއެކު، ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި އެވަޓަންގެ އަބްދުﷲ ޑޮކޫރޯ އާއި ލިވަޕޫލްގެ ކާޓިސް ޖޯންސްއަށް ރެފްރީ މައިކަލް އޮލިވާ ރަތް ކާޑު ދެއްކިއެވެ.
ސްލޮޓް ހިތްހަމަނުޖެހުން ފާޅުކުރީ އިތުރު ވަގުތުގެ ފަސް މިނިޓަށްވުރެ ގިނަ ވަގުތު ކުޅުވައި، އެވަޓަން އެއްވަރުކުރި ގޯލު ޖެހުމާ ގުޅިގެންނެވެ. އަދި މެޗު ރެފްރީކުރި ގޮތާމެދުވެސް ސްލޮޓް ނުރުހުން ފާޅުކުރިއެވެ.
ޕްރިމިއާ ލީގުން ސްލޮޓަށް ދެ މެޗުގެ ސަސްޕެންޝަނެއް ދިނީ ރެފްރީއާ ދިމާލަށް އިހުތިރާމް ކުޑަކޮށް، ބޭއަދަބީ އިބާރާތްތައް ބޭނުންކޮށް ވާހަކަދެއްކި ކަމަށް ބުނެއެވެ.
މި ސަސްޕެންޝަނާއެކު ސްލޮޓަށް ލިވަޕޫލްގެ ކުރިއަށް އޮތް ދެ މެޗުގައި ބެންޗަށް ނުދެވޭނެއެވެ. މިއީ ވުލްވްސްއާއި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭމެވެ.
މިވަގުތު ލިވަޕޫލް އޮތީ ޖުމުލަ 57 ޕޮއިންޓާއި އެކު ޕޮއިންޓު ތާވަލުގެ 1 ވަނާގައެވެ.
ރިއެކްޝަންސް






