
ފީފާއިން އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފި
ޗެއާރމަން ކަމުގެ މަގާމުގައި ހުންނެވި ޒުޙުރު ވަނީ މަޤާމުން ވަކި ކުރައްވާފައި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ނޯމަލައިޒިން ކޮމިޓީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފީފާއިން ނިންމައިފިއެވެ.
އެގޮތުން ކޮމިޓީގެ މެންބަރުންގެ އަދަދު ފަހަކުން ތިނަކަށް މަދުކޮށް، ކޮމިޓީގެ ޗެއާމަން ވަނީ ބަދަލުކޮށްފައެވެ.
ކުރިން ކޮމިޓީގެ ޗެއާމަންގެ މަޤާމުގައި ހުންނެވި އަޙްމަދު ޒުހޫރު މަޤާމުން ވަކިކުރައްވާ، ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު އަޙްމަދު މުއިއްޒު ވަނީ އައްޔަންކުރައްވާފައެވެ. މީގެ އިތުރުން ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަޙްމަދު ޢަލީވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މިހާރު ކޮމިޓީގައި ތިއްބެވީ އަޙްމަދު މުއިއްޒުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ ޗެއާޕާސަން ފަރީޙާ ޝަރީފް އަދި ޤާނޫނީ ވަކީލު އިސްމާޢީލް ސިމާން އެވެ. ކޮމިޓީގެ މުއްދަތު ހަމަވާނީ މިއަންނަ ޖުލައި 31 ވަނަ ދުވަހުއެވެ.
ނަމަވެސް މިހާތަނަށް ކޮމިޓީން ކުރި މަސައްކަތްތަކުގެ ނަތީޖާ އެކަށީގެންވާ ވަރަށް ނުފެންނަ ކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.
ރިއެކްޝަންސް






