މޯހަން އާއެކު ގައުމީ ޓީމްގް ޕްރެކްޓިސް އަންނަ ހުކުރު ދުވަހު ފަށަނީ
އެންމެފަހުން އެކުލަވާލި ގައުމީ ޓީމްގެ ބައެއް ކުޅުންތެރިން: ފޮޓޯ-އެފްއޭއެމް

މޯހަން އާއެކު ގައުމީ ޓީމްގް ޕްރެކްޓިސް އަންނަ ހުކުރު ދުވަހު ފަށަނީ

ސްކޮޑް އިއުލާނުކޮށްފި

3 hours ago - 19:50
Aug 26, 2025 - 19:51

ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން)ގެ އިރުޝާދުގެ ދަށުން އަންނަ ހުކުރު ދުވަހު ގައުމީ ފުޓްބޯޅަ ޓީމްގެ ޕްރެކްޓިސް ފަށަން ނިންމާ ސްކޮޑް އިއުލާނުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ގައުމީ ޓީމްގެ ޕްރެކްޓިސް ފަށަނީ އަންނަ މަހުގެ 4-10 އަށް ސްރީލަންކާގައި އޮންނަ ސައުތް އޭޝިޔަން ސުޕަރ ކަޕް 2025 އަށް ތައްޔާރުވުމަށެވެ.

އެފްއޭއެމްއިން މިއަދު އިއުލާބުކުރީ 26 ކުޅުންތެރިން ހިމެނޭ ޕްރިލިމިނަރީ ސްކޮޑެކެވެ.

ސްކޮޑްގައި ވަކި ޓީމެއްގައި ނެތް 4 ކުޅުންތެރިން ހިމެނެއެވެ. އެއީ އެންމެ ފަހުން މާޒިޔާއަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) އާއި މުޙައްމަދު އިރުފާން (އިރޭ) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) ގެ އިތުރުން ހަސަން ރާއިދު އެވެ. މައުލޫމާތު ލިބޭ ގޮތުން މިކުޅުންތެރިން ސޮއިކުރާނީ ނިއުރޭޑިއަންޓަށެވެ.

Advertisement
Advertisement

ސްކޮޑްގައި މާޒިޔާގެ 11 ކުޅުންތެރިން ހިމެނެއެވެ. ބުރުގެ ތިން ކުޅުންތެރިން އީގަލްސްގެ ދެ ކުޅުންތެރިން, އޮޑި ސްޕޯރޓްސް ކްލަބްގެ ތިން ކުޅުންތެރިން ހިމެނެއެވެ. ވިކްޓްރީން ހިމެނެނީ އެއް ކުޅުންތެރިއެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow