ވީއޭއެމްގެ އޮޑިޓް ރިޕޯރޓްތައް ފާސްކޮށްފި
ވީއޭއެމްގެ ރައީސް ލަތީފްއާއި ނައިބުރައީސް ސާޖިދު އަދި ކުޅިވަރު މިނިސްޓަރ: ފޮޓޯ-ވީއޭއެމް

ވީއޭއެމްގެ އޮޑިޓް ރިޕޯރޓްތައް ފާސްކޮށްފި

3 hours ago - 08:26
Oct 22, 2024 - 08:27

ވޮލީބޯޅަ އެސޯސިއޭޝަންގެ މިދިޔަ ހަތަރު އަހަރުގެ އޮޑިޓް ރިޕޯރޓް ފާސްކޮށްފިއެވެ. އޮޑިޓް ރިޕޯރޓްތައް ފާސްކުރީ ރޭ ބޭއްވި ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އޮޑިޓް ރިޕޯރޓްތައް ފާސްކުރީ ބައިވެރިވި ކްލަބްތަކުގެ އިއްތިފާގުން ކަމަށް ވީއޭއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. މެމްބަރު 15 ކްލަބްގެ ތެރެއިން 13 ކްލަބުން ބައްދަލުވުމުގައި ބައިވެރިވި ކަމަށްވެސް ވީއޭއެމްއިން ބުންޏެވެ. އެއީ ޕޮލިސް ކްލަބް, އަލްމާ ސްޕޯރޓްސް ކްލަބް, އައްޑޫ ސްޕޯރޓްސް ކްލަބް, ވޮލީބޯލް ޔޫތް ނިއު ޖެނެރޭޝަން, ކްލަބް ވޮލީބޯލް, ޔޫތް ނިއުޖެނެރޭޝަން, ކްލަބް ހާފްލައިން ލިންކޭޖް, އެސްޕިރޭޝަން ފޯ އޯލް އިނިޝިއޭޓިވްސް ސްޕޯޓްސް ކްލަބް, ދިވެހި ސިފައިންގެ ކްލަބް އަދި ގްޑީސް ސްޕޯރޓްސް ކްލަބެވެ.

މިދިޔަ ހަތަރު އަހަރުގެ މާލީ އޮޑިޓްތައް ފައިނަލްކޮށް ފާސްކުރުމަށް ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ އޮބްޒާވަރުންގެ ގޮތުގައި ކޮމިޝަނަރ އޮފް ސްޕޯރޓްސް, އޮލިމްޕިކް ކޮމިޓީ, މޯލްޑިވްސް ނެޝަނަލް ސްޕޯރޓްސް ކައުންސިލް އަދި ކާވާއިން ބައިވެރިވި ކަމަށް ވީއޭއެމްއިން ބުންޏެވެ. އެކަމަކު އޮޑިޓް ރިޕޯރޓްތައް ފާސްކޮށްފައި މިވަނީ ކޮމިޝަނަރ އޮފް ސްޕޯރޓްސް އިން ދިން މުއްދަތަށްވުރެ ހަ މަސް ފަހުންނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow