ފަލަސްޠީނުގެ ޒުވާން ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭން މިނިސްޓްރީން ނިންމައިފި
ސްޕޯރޓްސް މިނިސްޓަރ އެފްއޭއެމްއާ ބައްދަލުކުރައްވަނީ: ފޮޓޯ-ސްޕޯރޓްސް މިނިސްޓްރީ

ފަލަސްޠީނުގެ ޒުވާން ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭން މިނިސްޓްރީން ނިންމައިފި

9 hours ago - 23:04
Sep 2, 2025 - 23:04

ފަލަސްޠީނުގެ ޒުވާން ފުޓްބޯޅަ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭން ކުޅިވަރާބެހޭ ވުޒާރާއިން ނިންމައިފިއެވެ. އެމިނިސްޓްރީން މިކަމުގެ ކަށަވަރުކަން ދިނީ މިއަދު އެފްއޭއެމްގެ ރައީސް އަހުމަދު ތާރިގުގެ އިތުރުން ޖެނެރަލް ސެކެޓްރީ އަހުމަދު ޒަރީރުއާ ބައްދަލުކުރެއްވުމަށް ފަހުއެވެ.

އެބައްދަލުވުމަށްފަހު މިނިސްޓްރީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިއަދު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އެކަމުގެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ ގޮތުން އެފްއޭއެމްއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ވިދާޅުވިއެވެ.

މިއީ ފަލަސްތީނާއި ރައްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި ކުރެވޭ މުހިންމު ކަމެއްކަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމް ރާއްޖޭގައި ކޭމްޕް ކުރާނީ ނޮވެމްބަރު މަހުގެ 8 ން 19 އަށެވެ. އެކަމަށް އެދުނީ ފަލަޞްޠީނުގެ ފުޓްބޯޅަ ފެޑެރޭޝަނުންނެވެ. އެހުއްދަ ދިނީ އެފްއޭއެމްގެ އެކްސްކޯ އިން ފާސްކޮށްގެންނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow