ފުވައްމުލަކު އެއަޕޯރޓް އަލުން އޮޕަރޭޝަނަށް
ފުވައްމުލައް އެއަޕޯރޓް

ފުވައްމުލަކު އެއަޕޯރޓް އަލުން އޮޕަރޭޝަނަށް

9 months ago - 12:16
Sep 3, 2025 - 13:12
Advertisement
Advertisement

ޚިދުމަތް މެދުކެނޑިފައި އޮތް ފުވައްމުލަކު އެއަޕޯރޓް އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ. 24 ގަޑިއިރު ޚިދުމަތް މެދުކެނޑުފައި އޮތުމަށްފަހު އަލުން އޮޕަރޭޝަނަށް ގެނައީ ރޭގެ ވަގުތެއްގައި އައްޑޫ ސިޓީން ފަޔަރ ޓްރަކެއް ފުވައްމުލައް ސިޓީ އަށް ގެންގޮސްގެންނެވެ.

ފަޔަރ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ފުވައްމުލައް ސިޓީއަށް މޯލްޑިވިއަންއިން ކުރަމުން އައި ވައިގެ ދަތުރުތައް ހުއްޓާލީ އިއްޔެއެވެ. ހައްލު ހޯދައިގެން މިއަދު މާލެއާ ފުވައްމުލަކާ ދެމެދު ދަތުރުތައް އަލުން ފަށާއިރު ތިން ފްލައިޓް ވަނީ ޝެޑިއުލް ކޮށްފައެވެ. އެއަޕޯރޓް ޢާއްމު ހާލަތަކަށް ގެނެވިފައިވާކަން ފުވައްމުލަކު އެއަޕޯޓާ ހަވާލާދީ އެސީޓީގެ މޭޔަރު އިސްމާއީލް ރަފީގު ވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.

މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލް ދައްކާ ގޮތުން މިއަދު ހަވީރު އެއް ފްލައިޓް އަދި މިރޭ އެއް ފްލައިޓް މާލެއާ ފުވައްމުލަކާ ދެމެދު އެބައޮތެވެ.

ވަކިން އޮންނަ ފުވައްމުލަކުގެ ވައިގެ ދަތުރުތަކަށް ބުރޫއެރުމުން ގިނަ ބަޔަކު ދަތުރު ނުކުރެވި ތާށިވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement