ބައްސާމްގެ އަގުބޮޑު ދެ އެޕާރޓްމަންޓް ފުލުހުންނާ ހަވާލުކުރަން ކޯޓުން އަމުރުކޮށްފި
ބައްސާމް އަދީލް ޖަލީލް: ފޮޓޯ-އެފްއޭއެމް

ބައްސާމްގެ އަގުބޮޑު ދެ އެޕާރޓްމަންޓް ފުލުހުންނާ ހަވާލުކުރަން ކޯޓުން އަމުރުކޮށްފި

14 days ago - 07:56
Advertisement

ބައްސާމްގެ އަގުބޮޑު ދެ އެޕާރޓްމަންޓް ތެރޭގައި ފުލުހުންނާ ހަވާލުކުރަން ކޯޓުން އަމުރުކޮށްފި އެވެ. އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމިން އެވެނިއު އިން ގަނެފައިވާ ދެ އެޕާރޓްމަންޓް ފުލުހުންނާ ހަވާލުކުރަން ކޯޓުން އަމުރުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ކުރިންނެވެ.

ކޯޓުން އެއަމުރު ނެރެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ އެދެ އެޕާރޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

ބައްސާމް އަދީލް ޖަލީލަށް ކުރަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހިޔާނާތްތެރިވުމުގެ ތުހުމަތެވެ. އެއިދާރާއަށް ފީފާއާއި ބައިނަލްއަޤްވާމީ އެހެން އިދާރާތަކުން ދީފައިވާ ފައިސާއަށް ހިޔާނާތްތެރި ވުމުގެ ތުހުމަތެވެ. އެގޮތުން އަމިން އެވެނިއު އިން އެދެއެޕާރޓްމަންޓް ބައްސާމް ގަނެފައިވަނީ ވެސް ހިޔާނާތުގެ ފައިސާއިންކަން ތަހުގީގުން ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް ފީފާއިން އެފްއޭއެމްއަށް ޖަމާކުރި 10,000 ޑޮލަރެއް ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައެއްގައިވެސް ވަނީ ދައުވާ އުފުލާފައެވެ. ފުލުހުން ބައްސާމްގެ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރަން ފެށީ ޕީޖީން އަންގައިގެންނެވެ.

Advertisement

އެޕާރޓްމަންޓް މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށާއި, އޭރު އެފްއޭއެމްގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އާއި އެފްއޭއެމްގައި އޭރު މަސައްކަތްކުރި ހަސަން ވަހީދުގެ މައްޗަށްވެސް ދައުވާ ކޮށްދޭން ފުލުހުން ވަނީ އެދިފައެވެ.

ބައްސާމް މިހާރު ހުރީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން 9 މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement