
އާ ޓަރމިނަލްގައި ބަންގީގެ އަޑު އިވޭނެ
ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާ ޓަރމިނަލްގައި ބަންގީގެ އަޑު އިވޭގޮތަށް އިންތިޒާމް ހަމަޖައްސާ އެގޮތަށް ޢަމަލު ކުރަން މިއަދުގެ ޢަސްރު ނަމާދުން ފެށިގެން ވާނީ ފަށާފައި ކަމަށެވެ.
ކުލަގަދަ ރަސްމިއްޔާތަކާ އެކު އާ ޓަރމިނަލް ހުޅުވީ ރޭގައެވެ. އަދި މިއަދު ވަނީ މޯލްޑިވިއަންގެ ފްލައިޓުން ދަތުރުކުރާ ފަތުރުވެރިންނަށް އެޓަރމިނަލް އިން ޚިދުމަތްދޭން ފަށާފައެވެ. ކޮޗިންއިން މިއަދު މާލެ އައި މޯލްޑިވިއަން ފްލައިޓްގެ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިއެވެ.
ރިއެކްޝަންސް






